ހދ. ކުޅުދުއްފުށީ ސިޓީއިން ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ އިތުރު ދެފުލުހަކު ކޯވިޑްއަށް ޕޮޒިޓިވްވެއްޖެއެވެ.

ކުޅުދުއްފުށި ސިޓީ އިން މިރޭ ކޯވިޑްއަށް ޕޮޒިޓިވްވެފައިވަނީ މިއަދު އެސިޓީ އިން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި އެކަހެރިކޮށް ނެގި 10 ސާމްޕަލްގެ ތެރެއިން 2 ސާމްޕަލެކެވެ. ކުޅުދުއްފުށީ ސިޓީއިން އެކަހެރި ކުރި 10 މީހުންގެ ތެރޭގައި ހިމެނެނީ 6 ފުލުހަކާއި، ފުލުހުންގެ ލޯންޗްގައި މަސައްކަތްކުރާ ތިން މުވައްޒަފަކާއި، އާންމުންގެ މީހެކެވެ.

Ad
rt

މީގެ އިތުރުން ކުރިނބީއިން ނެގި 13 ސާމްޕަލްވަނީ ނެގެޓިވްވެފަ އެވެ.

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ކުރިނބީއަށް ނިސްބަތްވާ ފުލުހެއް ހޯމަ ދުވަހު ކޯވިޑްއަށް ޕޮޒިޓިވްވުމާ ގުޅިގެން ކުރިއަށްގެންދިއަ ކޮންޓެކްޓް ޓްރޭސިންގައި އުތުރުން ގިނަ އަދަދެއްގެ މީހުން އެކަހެރިކޮށްފިއެވެ.

ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވި ޖުމްލަ 150 މީހަކު އެކަހެރި ކުރެވިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 84 ފުލުހަކާއި، 66 އާންމުންނެވެ.

ހދ.އަތޮޅުން ކްލޯސް ކޮންޓެންޓުންގެ ގޮތުގައި ފާހަގަކުރެވުނު 23 މީހެއްގެ ސާމްޕަލްނަގައި، މިހާރު ޓެސްޓްކުރަމުންދާއިރު، ހއ.އަތޮޅާއި ށ.އަތޮޅުގެ ކްލޯސް ކޮންޓެކްޓުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު މިހާރުވެސް ދަނީ ކުރިއަށެވެ.

ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ކުޅުދުއްފުށީ ހއ.ދިއްދޫ 26 މީހުންނާއި، ހޯރަފުށީ 27 މީހުންނާއި، ބާރަށް 30 މީހުންނާއި، އިހަވަންދޫ 8 މީހުންނާއި، ސިޓީގެ 10 މީހުންނާއި، ކުރިނބީ 13 މީހުންނާއި، ށ.ފުނަދޫ 27 މީހުންނާއި، މިލަންދޫ 2 މީހުންނާއި، ފީކައިދޫ 6 މީހުންނާއި، ކަނޑިތީމް މީހެކެވެ.

ކުރިނބީގައި އާންމުންގެ ތެރެއިން 13 މީހަކު އެކަހެރިކޮށްފައިވެއެވެ. ހއ.ދިއްދޫގައި 25 ފުލުހަކާއި، އާންމުގެ އެކަކުއެކަހެރިކޮށްފައިވާއިރު، އެއަތޮޅު ހޯރަފުށީގައި އެކަހެރިކުރީ 11 ފުލުހަކާއި 16 މީހެކެވެ. ބާރަށުގައި 6 ފުލުހަކާއި އާންމުންގެ 24 މީހަކު އެކަހެރިކޮށްފައިވާއިރު އިހަވަންދޫގައި އެކަހެރިކޮށްފައިވަނީ 8 ފުލުހެކެވެ. މީގެ އިތުރުން ށ.ފުނަދޫއިން 16 ފުލުހަކާއި، އާންމުންގެ 11 މީހެއް އެކަހެރިކޮށްފައިވެއެވެ. މިލަންދޫއިން 2 ފުލުހަކާއި، ފޯކައިދޫ 6 ފުލުހެއް އަދި ކަނޑިތީމުން އެއް ފުލުހަކު ވަނީ ކަރަންޓީނުކޮށްފައެވެ.