"މެންޗެސްޓަރ ޔުނައިޓެޑް ސަޕޯރޓާރސް ކްލަބް މޯލްޑިވްސް" ގެ ނަމުގައި ޖަމިއްޔާއެއް ރަޖިސްޓްރީ ކޮށްފިއެވެ.
މީސްމީޑިޔާގައި "މެންޗެސްޓަރ ޔުނައިޓެޑް ސަޕޯރޓާރސް ކްލަބް މޯލްޑިވްސް (އެމްޔޫއެސްސީއެމްވީ)" ގެ ނަމުގައި ހަރަކާތްތެރިވަމުން އަންނަ ޒުވާނުން ނޮން ޕްރޮފިޓް އޯރަގައިޒޭޝަންއެއްގެ ގޮތުގައި މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯރޓްސްއިން ރަޖިސްޓަރ ކޮށްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. ޖަމިއްޔާގެ މުވައްސިސުންނަކީ އަލީ އިމްރާން އަދި އަޙްމަދު މަފާޒް އެވެ.
"ތިލަދުން" އަށް މަޢުލޫމާތު ދެއްވަމުން އެ ޖަމިއްޔާގެ އޮފިސަލަކު ވިދާޅުވި ގޮތުގައި، މިއީ، ރާއްޖޭގައި ތިބި މެންޗެސްޓަރ ޔުނައިޓެޑްގެ ސަޕޯރޓަރުންނަށް ލިބިގެންދާނެ ވަރަށް އުފާވެރި ޚަބަރަކަށް ވެގެންދާނެއެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް ފުޓުބޯޅަ ކުލަބުގެ ނަމުގައި ޖަމިއްޔާއެއް ރާއްޖޭގައި އިފްތިތާޙުވެގެން ދިޔުމާއިއެކު، އެ ކުލަބުގެ ގިނަގުނަ ކަންކަން ރާއްޖެއަށް ފުޅާ ކުރުމަށް ފަސޭހަވެގެންދާނެއެވެ.
އެމްޔޫއެސްއެމްވީ އިން އިތުރަށް މަޢުލޫމާތު ދެއްވާ ގޮތުގައި، މި ޖަމިއްޔާގެ އެންމެ މައިގަނޑު އަސާސަކީ މި ކުލަބުގެ ގިން ސަޕޯޓަރުން އެއްތަންކޮށް، ގިނަ ޖީލުތަކަކަށް މި ކުލަބުގެ ސަޕޯޓަރުން ދިރުވާ އާލާ ކުރުމެވެ. ހަމަ އެހެންމެ، ކުލަބާއި ގުޅުވައިގެން، ގިނަ އިވެންޓުތައް ބޭއްވުމާއި، ހިލޭ ސާބަހަށް ކުރެވޭ ގިނަ މަސައްކަތް ކުރުމަށްވެސް ވަނީ ނިންމާފައެވެ. އަދި ކުރިއަށް އޮތްތަނުގައި، އެ ޖަމިއްޔާގެ ފަރާތުން ގިނަ ހަރަކާތްތަކެއް ސަޕޯޓަރުންގެ މެދުގައި ކުރުމަށް ވަނީ ނިންމާފައެވެ.
, ...
Posted by Manchester United Supporters Club Maldives on Thursday, October 1, 2020
އެޖަމިއްޔާއިން އިތުރަށް ބުނެފައިވަނީ މިހާރު އެޖަމިއްޔާގެ މެންބަރުކަމަށް ވުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ގޫގުލް ފޯމް މެދުވެރިކޮން ފޯމް ފުރާލެވޭނެކަމަށް ހާމަކުރެއެވެ. އެޖަމިއްޔާއިން އަންނަނީ ފޭސްބުކްގެ އިތުރުން ޓުވިޓަރ އަދި ވައިބަރ ކޮމިއުނިޓީއެއްވެސް ހިންގަމުންނެވެ.
ރާއްޖޭގައި މަދުން ނަމަވެސް، ބޭރުގެ ފުޓުބޯޅަ ޓީމުތަކުގެ ސަޕޯޓަރުންގެ ޖަމިއްޔާތައް އަންނަނީ ހަރަކާތްތެރިވަމުންނެވެ. މި ގޮތުން އެންމެ ފާހަގަކޮށްލެވޭ ޖަމިއްޔާއަކީ ލިވަޕޫލް ސްޕޯރޓްސް ކުލަބު ރާއްޖޭގެ ގޮތްޕެވެ. މި ޖަމިއްޔާގައި ކުރީސަފުން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫ މްވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!