ނެލްސަން މަންޑޭލާ: ދެކުނު އެފުރިކާގެ ރައީސަކަށް ވުމަށްފަހު އެއްދުވަހަކު އަހަރެންގެ ސަލާމަތީ ކަންކަން ބަލަހައްޓާ މީހުން ގާތު އެދުނީ ރަށުތެރޭގައި ބުރެއް ޖަހާލުމަށެވެ. އަދި ރެސްޓޯރެންޓަކުން މެންދުރުގެ ނާސްތާ ކުރުމަށެވެ. ރަށުގެ ވިޔަފާރީގެ އެންމެ ކާރޫބާރޫ ބޮޑު ހިސާބުގައި ހުރި ރެސްޓޯރެންޓަކަށް ގޮސް ކެއުމަކަށް އޯޑަރު ދިނީމެވެ.

އިރުކޮޅަކުން ވެއިޓަރު އަހަރެމެންގެ ކެއުން ގެނެސްދިނެވެ. އަހަރެމެންގެ ކުރިމަތީ ތަންކޮޅެއް ދުރުގައި އެކަނިމާ އެކަނި މީހަކު އިންތައް ފެނިގެން އެމީހާވެސް އަހަރެމެންނާއި ބައިވެރި ކުރުވަން ސިފައިންގެ މީހަކު ގާތު އެދުނީމެވެ. ސިފައިންގެ މީހާ ގޮސް އެދުމުން އެމީހާ އައިސް އަހަރެންގެ ކައިރީގައި އިނދެގެން ނާސްތާ ކުރަން ފަށައިފިއެވެ. ކާން އިންއިރު އޭނާގެ އަތް ވަރަށް ބޮޑަށް ތުރުތުރު އަޅާތަން ފެނުނެވެ. ކައި ނިމުމާއި އެކުއަވަސްއަވަހަށް އޭނާ ހިނގައްޖެއެވެ.

Ad
rt

އެހިނދު ގާތުގައި އިން މީހަކު ބުންޏެވެ. އެއީ ބަލި މީހެކެވެ. އޭނާގެ އަތް ވަރަށް ބޮޑަށް ތުރުތުރު އަޅާތީ ދުށީމެވެ.

" ނޫން. އެއީ އެހެންވެ ވީކަމެއް ނޫނެވެ."

މަންޑޭލާ ވިދާޅުވިއެވެ.

" އެއީ އަހަރެން ޖަލުގައި ހުރިއިރު ޖަލުގެ ގާޑަކަށް ހުރި މީހެކެވެ. އާދައިގެމަތިން ޖަލުގައި ދެވޭ އަނިޔާގެ ވޭނަށް ރޮއެލުމަށްފަހު ކޮންމެ ދުވަހަކުވެސް ކުޑަ ފެންފޮދަކަށް އެދެމެވެ. އެފަދަ ކޮންމެ ދަނޑިވަޅެއްގައި ދެންމެ މިތާ އިން މީހާ އައިސް އަހަރެންގެ ބޮލަށް ކުޑަކަމުދާނެއެވެ.

އެހެންކަމުން އޭނާގެ އަތް ތުރުތުރުއަޅާތީ އެ ފެނުނީ ގެންފައި ހުރި ބިރުންނެވެ. އޭނާގެ ކިބައިން ބަދަލު ހިފާފާނެ ކަމަށް ބިރުންނެވެ. މިއަދު އަހަންނަކީ ދެކުނު އެފްރިކާގެ ރައީސް ކަމަށްވުމުން އެކަމުގެ ބަދަލު ހިފައި އޭނާއަށް އަނިޔާކޮށް ޖަލަށް ލައިފާނެކަމުގެ ބިރަށެވެ.

އެކަމަކު ބަދަލު ހިފުމުގެ ގޮތުން އަނިޔާވެރިވުމުގެ ވިސްނުންގެންގުޅޭ ނަމަ ޤައުމު ހަލާކުވެގެން ހިނގައިދާނެއެވެ. ޤައުމު ބިނާވެ ކުރިއަރައިދާނީ ކެތްތެރިކަން އިސްކޮށްގެންނެވެ.

އަބަދުވެސް އެހެންމީހުންނާއި މެދު ހެޔޮކޮށް ކަންތައް ކުރާށެވެ. މާދަމާ ވާނެގޮތެއް އެކަކަށްވެސް ނޭނގޭނެއެވެ. "

( މިއީ ޑޮކްޓަރ ސުބުރަމާނިޔަމް ކަރުޗުރީލިޔުއްވާފައިވާ ލިޔުއްވުމެއްގެ އަވަސް ތަރުޖަމާ އެކެވެ )