ބެސްޓް ބަޑީ ފިހާރައިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް މާސްކް ހިލޭ ދިނުމަށް ނިންމައިފި އެވެ.
ބެސްޓް ބަޑީގެ އޮފިސަލަކު މި ނޫހަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ މިއީ ކޯވިޑް19 ގެ ބަލިމަޑުކަން ރާއްޖެއަށް ފެތުރި މިބައްޔަށް ޕޮޒިޓިވް ވާ މީހުންގެ ޢަދަދު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން އައުމާއި ގުޅިގެން މާސްކު އެޅުން މަޖުބޫރުކޮށްފައިވާ ދަނޑިވަޅަކަށް ވުމާއިއެކު ބެސްޓްބަޑީގެ ފިހާރަތަކުން ވިޔަފާރިކުރައްވާ ކަސްޓަމަރުންނަށް ދޭ ހަދިޔާއެއް ކަމަށެވެ. މިގޮތުން ބެސްޓް ބަޑީއިން 6000 މާސްކު ކަސްޓަމަރުންނަށް ބަހަން ނިންމާފައިވާ ކަމަށް ބެސްޓް ބަޑީގެ އޮފިޝަލަކު މިނޫހަށް މަޢުލޫމާތު ދެއްވިއެވެ.
ބެސްޓް ބަޑީއިން ބުނީ އެކުންފުނީގެ ކުޑައިގެ ދަށުން ހިންގަމުން އަންނަ ކޮންމެ ފިހާރައަކުން ވިޔަފާރިކުރި ކަމުގައި ވިޔަސް މާސްކެއް ހިލޭ ލިބޭނެކަމަށެވެ. އެގޮތުން ކުޅުދުއްފުށި ސިޓީ "ބެސްޓް ބަޑީ" އިންނާއި ހާޑްވެއަރ ފިހާރަ "ބެސްޓް ސާރކަލް" ގެ އިތުރުން މާފަންނު ޖަވާހިރު މަގުގައި ހުންނަ ”ބެސްޓް ބަޑީ 2″ އިން ވިޔަފާރިކުރައްވާ ކަސްޓަމަރުންނަށް މާސްކު ހިލޭ ލިބޭނެ ކަމަށް ބުނެއެވެ.
ރަށު ޕިކަޕް ނުވަތަ ބެޓެރި ޕިކަޕް، ބެޓެރި ސައިކަލް، ބެޓެރި ކާރު، ބެޓެރި ބަގީ، އަދި ހުރިހާ އުމުރެއްގެ މީހުންގެ ބައިސްކަލް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިއްކަމުން ދަނީ ބެސްޓް ބަޑީ އިންނެވެ. ބެސްޓް ބަޑީއިން ވިއްކާ ވެހިކަލްތަކުގެ ސްޕެރޕާޓްސް ވިއްކުމަށްވެސް ހާއްސަ ފިހާރައެއް ކުޅުދުއްފުށީގައި ވަނީ ހުޅުވާފައެވެ. އަދި ސްޕެއަރޕާޓް މާލެއިން ލިބޭނެ އިންތިޒާމުވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ޗައިނާގެ މަޝްހޫރު ހާޑުވެއަރ ބްރޭންޑެއް ކަމުގައިވާ އެމްޕީޓީ ޓޫސްގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރަކީވެސް ބެސްޓްބަޑީއެވެ. މީގެ އިތުރުން ޕްރީ އޯޑަރ ދިނުމުން ކަސްޓަމަރުން ބޭނުންވާ ކޮންމެ މުދަލެއްވެސް ރާއްޖެއިން ބޭރުން ގެނެސްދިނުމުގެ ޚިދުމަތް ބެސްޓް ބަޑީއިން ފޯރުކޮށްދެއެވެ.
ކޮވިޑް 19 އާއި ގުޅިގެން ދަތުރުފަތުރުގެ ކަންކަން މަޑުޖެހިފައިވާ މި ދުވަސްކޮޅުގައި ކަސްޓަމަރުންނަށް މުދާ ބައްލަވައިގަތުމުގައި ލުއި ފަސޭހަ އިންތިޒާމެއް ހަމަޖައްސައި ދިނުމުގެ ގޮތުން ބެސްޓް ބަޑީއިން ވަނީ އޮންލައިންކޮށް މުދާ އޯޑަރ ކުރެވެ ގޮތަށް ވެބްސައިޓެއްވެސް ލޯންޗްކޮށްފައެވެ. ބެސްޓް ބަޑީ ވެބްސައިޓްގެ އެޑްރެހަކީ www.bestbuddiesmaldives.com
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަރަ އޯޑަރ ކުރެއްވުމަށް 9936915، 9193965، 9907010 ފޯނަށް ގުޅުއްވާށެވެ. މާލެ އާއި ކުޅުދުއްފުށީގައިވެސް ބަނދަރުގައި އޮންނަ ބޯޓަށް ނުވަތަ ގެޔަށް ހިލޭ ގެންގޮސް ދިނުމުގެ އިންތިޒާމްވެސް އެފަރާތުން ހަމަޖައްސަދޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!