ޝުކުރުވެރިވުމަކީ ހުރިހާކަމެއްގައިވެސް އަދި ހުރިހާ ހާލަތެއްގައިވެސް ހިތްހަމަޖެހުމާއި ކާމިޔާބުގެ ތަނޅުދަނޑިއެވެ. ތިބާ ދިރިއުޅޭނެ ގެދޮރު ހުރިނަމަ މާތްﷲއަށް ޝުކުރުވެރިވާށެވެ! ތިބާދެކެ ލޯބިވާ އާއިލާއެއް ތިބާއަށް ލިބިފައިވާނަމަ މާތްﷲއަށް ޝުކުރުވެރިވާށެވެ!
މި ދެކަންތައްވެސް ތިބާއަށް ލިބިފައިވާނަމަ، މާތްﷲއަށް ޙަމްދުކޮށް ޝުކުރުވެރިވާށެވެ!
ތިބާ ވިސްނާށެވެ! ދުނިޔޭގައި އެތައް މިލިޔަން މީހުންނެއް ވަންނާނެ ގެދޮރެއް ނެތިފައިވެއެވެ. އަދި މިލްކިއްޔާތުގައި އެމީހުންގެ އަމިއްލަ އެއްޗެހީގެ ގޮތުގައި ފާހަގަކޮށްލާނެ ހަމަ އެކައްޗެއްވެސް ނެތެވެ! ވީމާ އަޅުގަނޑުމެންގެ ދިރިއުޅުމުން ޝުކުރުވެރި ނުވުމުގެ ސިފައިން އެއްކިބާ ވާންޖެހޭނެއެވެ!
ދުނިޔޭގެ މަޝަހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ބުނެފައިވެއެވެ.
ޝުކުރުވެރިވުމާއި ގުޅޭގޮތުން ކީރިތި ޤުރުޢާނުގައި سورة ابراهيمގެ 14 ވަނަ އާޔަތުގައި މާތްﷲ ވަހީ ކުރައްވާފައިވާ ބަސްފުޅަށް ވިސްނާ އިބްރަތް ހާސިލްކުރަން ޖެހެއެވެ.
وَآتَاكُم مِّن كُلِّ مَا سَأَلْتُمُوهُ ۚ وَإِن تَعُدُّوا نِعْمَتَ اللَّـهِ لَا تُحْصُوهَا ۗ إِنَّ الْإِنسَانَ لَظَلُومٌ كَفَّارٌ ﴿٣٤﴾
" އަދި އެކަލާނގެ ހަޟްރަތަށް ތިޔަބައިމީހުން ދެންނެވި ކޮންމެ އެއްޗެއް އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވިއެވެ. ﷲ ގެ ނިޢުމަތްތައް ތިޔަބައިމީހުން ގުނާނަމަ، ތިޔަބައިމީހުންނަކަށް އެ ނިޢުމަތްތަކެއް އަދަދެއް ނުކުރެވޭހުއްޓެވެ. ހަމަކަށަވަރުން، އިންސާނާއީ، އަނިޔާވެރިވުން ބޮޑު، ޝުކުރުކުރުން ނެތްމީހެކެވެ." (14:34).
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!