ކޯވިޑް-19 ގެ ފުރަބަންދުގެ ސަބަބުން އާންމުކޮށް ވިޔަފާރި ބަންދުކުރެވިފައިވާ އެސްޓީއޯ ސުޕަމާޓާއި ހޯލްސޭލް ސެންޓަރު އާންމުކޮށް ހުޅުވާލައި، ޚިދުމަތް ދޭން ފަށައިފިއެވެ.

އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން ޝޮޕިން ޕާމިޓް އޮތް ފަރާތްތަކަށް އެސްޓީއޯ ސުޕަމާޓާއި ހޯލްސޭލް ސެންޓަރަށް ގޮސް ވިޔަފާރި ކުރެވޭނެ ކަމަށެވެ.

Ad
rt

މިގޮތުން ސުޕަމާޓު ހުޅުވާފައި ހުންނަނީ ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް އަދި ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 9:00 އާ ހަމައަށެވެ.

ހޯލްސޭލް ސެންޓަރު ހުޅުވާފައި ހުންނާނީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށެވެ. މިދެތަންވެސް ހުކުރު ދުވަސްތަކުގައި ބަންދުވާނެއެވެ.

އެސްޓީއޯ ސްޕަމާޓުން ވަނީ ޚިދުމަތް ހޯދަން ދިއުމުގައި ކަސްޓަމަރުން އަމަލުތައް ބަހައްޓަންޖެހޭ ގޮތުގެ އިރުޝާދުވެސް ދީފައެވެ.

އެގޮތުން ކަނޑައެޅޭ ވަގުތުގައި ވިޔަފާރިކުރުމަށް މީހުންނަށް ވަދެވޭނީ ވަކި އަދަދަކަށް ކަމަށާއި، ދެމީހެއްގެ ދެމެދު އެއް މީޓަރުގެ ދުރުމިނެއް ބެހެއްޓުމަށާއި، ވިޔަފާރި ކުރަން ދާއިރު މާސްކު އެޅުމަށާއި، ފިހާރައަށް ވަނުމުގެ ކުރިން ސެނިޓައިޒަރ ބޭނުންކޮށްގެން ރަނގަޅަށް އަތް ސާފުކުރުމަށް އިރުޝާދު ދީފައިވެއެވެ.

މީގެ އިތުރުން ގަންނަން ބޭނުންވެގެން ނަގާއެއްޗެހީގެ އިތުރުން އެހެން އެއްޗެހީގައި އަތްލައި ނުހެދުމަށާއި، ޚިދުމަތް ހޯދުމަށް އައިސް ތިބި އެހެން ކަސްޓަމަރުންނާއި މެދުވެސް ވިސްނައި، ވީހާވެސް އަވަސް ޚިދުމަތެއް ލިބިގަތުމަށް ސުޕަމާޓުން ކަސްޓަމުން ކިބައިން އެދިފައިވެއެވެ.

އެސްޓީއޯއިން ވަނީ ފުރަބަންދުގެ ތެރޭގައިވެސް ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ބުރަ މަސައްކަތް ްތަކެއް ކޮށްފައެވެ.

އެސްޓީއޯއިން ވިއްކާ ބާވަތްތަކާއި، އަދި އެސްޓިއޯއިން ޚިދުމަތްދޭ ތަންތަނަކީ އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަން ހޯދާފައިވާ ބާވަތްތަކާއި ތަންތަނެވެ.