އަހަރެއްގެ ތެރޭގައި އަޅުގަނޑުމެން ވަރަށް ގިނަ ދުވަސްތައް ފާހަގަ ކުރަމުއެވެ. ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރަން ޖެހިގެންނާއި ޤައުމީ ގޮތުންނާއި ދީނީ ގޮތުން ފާހަގަ ކުރަން ޖެހޭތީ އެވެ. ބައެއް ދުވަސްތައް ފާހަގަ ކުރަނީ ޒިކްރާ އައުކުރުމަށްޓަކައެވެ.
ހަނދާންކޮށް އަޒުމްވަރުގަދަކޮށް ސާބިތުވެ ތިބެންޖެހޭ ގޮތުގައި ސާބިތުވެ ތިބުމަށްޓަކައެވެ. އެއިން އެއްވެސް ދުވަހަކީ، މާނައެއްނެތް ގޮތެއްގައި ފާހަގަކުރެވޭ ދުވަހެއް ނޫނެވެ. މުނާސަބަތަކާ ގުޅޭ ކާމިޔާބަކާ ގުޅޭ ނޫންނަމަ ހަދާންކުރަންޖެހޭ، ދުވަސްދުވަހެވެ.
އާދޭހެވެ. ފާހަގަކުރާ ދުވަސްތައް ފާހަގަކުރަންޖެހޭނީ މާނަވީ ގޮތެއްގައެވެ. އެ ދުވަސް ދުވަހާއި ގުޅޭ ގޮތުން ކުރާ ކަންތައްތައް ގޮތުން ކުރާ ކަންތައްތައް ވާންޖެހޭނީ އެދުވަސް ފާހަގަކުރުމާ ގުޅޭ ކަންތައްތަކަށެވެ. އެގޮތުން މިމަޒުމޫނުގައި މިބަލާލަނީ އިހުގައި ދިވެހީން ފާހަގަކުރި ދުވަސްތައްކުގެ ތެރެއިން ދުވަސް ތަކަކަށެވެ. ތަފާތު އެކިއެކި ސަބަބު ތަކާއި ހުރެ މިދުވަސްތައް ފާހަގަ ކުރުން ވަނީ ހުއްޓާލާފައެވެ.
ކަނދި ދުވަސް: މިއީ މުހައްރަމް މަހުގެ 9 ވަނަ ދުވަހާއި 10 ވަނަ ދުވަހެވެ. ކަނދި ދުވަހަކީ ހުސައިނުގެފާނު ކަރުބަލާގައި ޝަހީދުވެވަޑައިގެންނެވި ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ އެ ދުވަހުގެ ހިތާމައިގައެވެ. ކަނދިދުވަހު ގޭގޭގައި ކަނދި ކައްކައިގެން ޞަލަވާތް ފާތިޙާ ކިޔަވައި އަދި ކަންޖާ އަޅައި ކުދީން ކިރާނެއެވެ. އަދި މި ދުވަހަށް ކަނދީ ޒަކާތް ބަހާ ދުވަހޭ ކިޔައޭ، މި ދުވަހު ގޭގެއަށް ފަގީރުން ދިއުމުން ލާރިއާއި ހަނޑޫ ބަހައި ހަނދައެވެ.
ބޯފޮޅި ދުވަސް: މިއީ، ޖުމާދިލްއާޚިރު މަހު 29 ދުވަހާއި ޝަޢުބާން މަހު 14 ވަނަ ދުވަހާ އެ މަހުގެ 29 ވަނަ ދުވަހާ ޙައްޖު މަހުގެ 8 ވަނަ ދުވަސް. ބޯފޮޅިއަކީ ހަނޑުލާއި ގަނބުޅި ހުންޏާ އެއްކޮށްގެން ފުޑައި ބޯކިރު އަޅައިގެން ފެންފޮޅިއަށް ވުރެ ތަންކޮޅެއް ބޯކޮށް ފިހާ ފޮޅިއަކަށް ކިޔާ ކަމެއް.
ރަޖަބު މަހު 6 ވަނަ ދުވަސް: މި ދުވަހަކީ ނައިބުކަމާ ހިނގާ ދުވަހެވެ. މިއީ ފަނޑިޔާރު މީހާ ރާއްޖެއަށް ނައިބު ފަތް ނެރުއްވައި ދީނުގެ އަމުރުމައުރޫފު ހިންގަވާ ދުވަހެވެ. އެ ދުވަހު ހެނދުނު 6 ޖަހާއިރަށް ކޮއްޔެއް ލާނެއެވެ. އެ ދުވަހު ހަތަރު އަވަށު މައިޒާން ދޮށަށް މާލޭގެ ރައްޔިތުން އެއްކުރައްވާނެއެވެ.
ނައިބުކަމާ ހިނގުން: މި ކަން ފެށްޓެވީ އައްސުލްޠާނު މުޙައްމަދު މުޙްޔުއްދީނުލް ޢާދިލްގެ ރަސްކަމުގައި އެ ރަދުންނެވެ. އެ ރަސްކަމުގައި 1102 ރަޖަބު 6 ދުވަހު އެ ރަދުންނެވެ. މީލާދީން އެއީ 1691 ވަނަ އަހަރެވެ.
ރަބީއުލްއައްވަލް މަހު 12 ދުވަސް: މިއީ ކީރިތި ރަސޫލާ ރައްކާވެވަޑައިގެންވި ދުވަހެވެ. މި ދުވަހުގެ ރެއާއި މި ދުވަހު ގޭގޭގައި ކައްކައިގެން މައުލޫދު ކިޔައި ފާތިޙާ ކިޔަވައެވެ
މަޢުލޫމާތު: ދިވެހި ބަހުގެ އެކަޑަމީ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!