މަނަދޫން އިތުރު ނުވަ މީހުން ކޯވިޑް-19 އަށް ފައްސިވެ ކަރަންޓްގެ ޚިދުމަތް ކެނޑި ރަށުތެރެ ފެންބޮޑުވެ ރަށުގެ ރައްޔިތުން ބިރުވެރިކަމެއްގެތެރޭގައި މިވާ ދަނޑިވަޅުގައި މަނަދޫގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ބޭނުންވާ ކޭބަލް ރޯލު ގެންދިޔުމުގައި ހެނބަދޫ ޒުވާނުން އެހީތެރިވެއްޖެއެވެ.

ނ. ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރ އަޙްމަދު އީސާ ވިދާޅުވީ ހެނބަދޫއަކީ އަބަދުވެސް އެކުވެރި، ހިތްހެޔޮ ރައްޔިތުންތަކެއް އުޅެމުންދާ ރަށެއްކަމަށާއި މިވަގުތު ނ. ހެނބަދޫގެ ޒުވާނުން ނުކުމެ މަނަދޫއަށް ބޭނުންވާ ކޭބަލް ރޯލު ނިއުޅުވައިގެން ބަނދަރަށް ގެންދިޔުމުގެ މަސައްކަތް ދަނީ ކުރަމުންކަމަށެވެ.

Ad
rt

ފުރަތަމަ ދުވަހުން ފެށިގެން ކޭބަލް ރޯލު ގެންދިޔުމުގެ މަސައްކަތް ހެނބަދޫ ފެނަކަ މެނޭޖުމަންޓުން ކުރަމުން ގެންދިޔަ. ނަމަވެސް ނަރުދަމާ އެޅުމަށް ހެނބަދޫގެ މަގުތައް ކޮނެފައިވުމާއެކު ރަށުތެރޭގައި އެކްސްކަވޭޓަރު ދުއްވެން ނެތުމާއި، މޫސުން ގޯސްވުމާއި، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މަސައްކަތް ކުރަން ޖެހުމުން މަސައްކަތްތައްވަނީ ލަސްވެފައި.

ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރ އަޙްމަދު އީސާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އަޙްމަދު އީސާ ވިދާޅުވީ އަތޮޅެއްގެ ގޮތުގައި ނ އަތޮޅު ކުރިއެރުމަކީ އަބަދުވެސް ދުޢާކަމަށާއި އަދި މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންގެ މެދުގައި މަސްލަހަތު ގެއްލި، ރަށްރަށުގެ ރައްޔިތުންގެ މެދުގައި ރުޅިވެރިކަން ފެތުރިދާނެފަދަ، ހަގީގަތާ ޚިލާފު ވާހަކަ ނުދެއްކުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރާކަމަށެވެ.