މާދަމާއިން ފެށިގެން ގޭބިސީތަކަށް ބާޒާރަށް ނުކުމެވޭނީ ހަފްތާއަކު އެއްފަހަރުކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސް ހާމަކޮށްފިއެވެ. އެ އިދާރާއިން ބުނީ ބާޒާރުކުރުމަށް ދޫކުރެވިފައިވާ ހުއްދަތަކަށް މާދަމާއިން ފެށިގެން ބަދަލު ގެންނަން ނިންމާފއިވާކަމަށެވެ.

އެގޮތުން މާދަމާއިން ފެށިގެން ބާޒާރަށް ނުކުމެވޭނީ ހަފްތާއަކު އެއްފަހަރުކަމަށް ފުލުހުން ވިދާޅުވެއެވެ.

Ad
rt

މި ބަދަލު ގެނައިނަމަވެސް އަލުން ރަޖިސްޓްރީކުރަން ނުޖެހޭނަކަމަށް ފުލުހުން ވިދާޅުވެއެވެ. ކޮންމެ ގޭބިސީއަކުންވެސް ހުއްދަ ދީފައިވާ ފަރާތްތައް ކަނޑައެޅިފައިވާ ގަޑިތައް އާ މެސެޖަކުން ލިބިގެންދާނެކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ކުރިޔަށް އޮތް ދެ ހަފްތާއަކީ ކޯވިޑްގެ ނުރައްކާ ރާއްޖެއަށް ބޮޑުވާނެ ދެ ހަފްތާކަމަށް ސިއްހީ މާހިރުންވަނީ ލަފާކޮށްފައެވެ. އެހެންކަމުން ފުލުހުން އަންނަނީ ބައެއް ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ.

ކޯވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން ބާޒާރުކުރުމަށް ނުކުންނަ ކޮންމެ ގޭބިސީއަކުން އެކަކަށް ފުލުހުން ވަނީ ހުއްދަދީފައެވެ. އެ ހުއްދަގެ ދަށުން ހަފްތާއަކު 2 ފަހަރު ހުއްދަ ދީފައިވާ ވަކި ގަޑިއެއްގައި ބާޒާރުކުރުމަށް ނުކުމެވެއެވެ. އަދި އެ ހުއްދައިގެ ދަށުން ބާޒާރުކުރަން ނުކުމެވޭނީ ކަނޑައެޅިފައިވާ ނުވަތަ އެ ގޭބިސީއެއް ހިމެނޭ ވަކި ސަރަހައްދަކަށެވެ.