ތިޔަ ބޭފުޅުންނަށް ބިންމާ އިބްރާޙީމް ވަޙީދު އެނގިގެންދާނީ ފަތިސް ހަނދުވަރުން ގެނެސްދިން އަލިކަމުން އެކަންޏެއް ނޫނެވެ. ބިންމާ އަކީ ދިވެހި ވާހަކަ ލިޔުމުގައި އެފަދަ ދެވަނައެއް ނެތް ފަދަ މޮޅު، މަޝްހޫރު ބޭފުޅެއްކަން ޔަޤީނެވެ.
ބިންމާ އިބްރާޙީމް ވަޙީދު އެދިލައްވަނީ ތިޔަ ބޭފުޅުން ގޭގައި މަޑުކޮށް ދެއްވުމަށެވެ. ކޮވިޑްގެ ބިރުވެރިކަން ވެރިވެފައިވާ މިދަނޑިވަޅުގައި ރައްޔިތުންގެ ސަލާމަތަށްޓަކައި، ބިންމާ އެގޮތަށް އެދި ލައްވަނީ ބިންމާގެ ފަންނުން ހަދިޔާއެއް ކުރައްވަމުންނެވެ.
މިފަހަރު ބިންމާ އިބްރާޙީމް ވަޙީދުގެ ހަދިޔާ މިލިބުނީ "ދައުވަތަކުން" ނެވެ. މިދައުވަތު "ހުކުރުވިލޭރޭ"އަށް ވުރެ ކުރިން ދެއްވައިފިއެވެ. "ގަނޑުފެނާއި" ހަމައިން ގަނޑު ނުވެ، ކުރިއަށް ވަޑައި ގަންނަވާށެވެ. ބިންމާ އެދިލަށްވަނީ ވާހަކަ ކިޔާލަން ގޭގައި މަޑުކޮށް ދެއްވުމަށެވެ.
ބިންމާގެ ހަދިޔާގެ ގޮތުގައި ބިންމާގެ މުއްސަނދި ވާހަކައިގެ ފޮތް އަލަމާރި ހުޅުވާލަ ދެއްވީ ތިޔަ ބޭފުޅުންގެ ގެ ތަކުގެ ސިޓިންގ ރޫމްތަކަށެވެ. ފުރަތަމަވެސް ދޫކޮށްލެއްވީ "އިޝްޤް" އެވެ. ދެން ދޫކޮށްލެއްވީ "ދުންފިނި" އެވެ. އެއަށްފަހު "އަހަންނަކީ ޖިންނިއެއް" މިވާހަކަ އެވެ.
"ގަނޑުފެން" ކިޔާލަން ލިބޭނީ ކޮން ދުވަހަކު ތޯ؟ ކިޔުންތެރިޔާގެ ސުވާލާއިއެކު، ގަނޑުފެންވެސް މިއަދުން ފެށިގެން ކިޔާލަން ލިބޭގޮތަށް ހައްދަވައިފިއެވެ. "ޒަހަރާއި އެކު" އެތައްއެތައް ވާހަކައެއް ކިޔާލަން ލިބޭނެކަމުގެ އުފާވެރި ޚަބަރު ބިންމާ ދެއްވައެވެ. ނަމަވެސް ބަސްއަހައިގެން ބޭރަށް ނުގޮސް ގޭގައި ތިބޭ މަތިންނެވެ. މަންމަ އާއި ތުއްތަ އާއި ކާފައާއި ތިއްތިބޭ މެން އެންމެން ނަށް އަވަހަށް ފޮނުވާށެވެ.
ބިންމާގެ އެތައް ވާހަކައެއް ކިޔުންތެރިންނަށް ހިލޭ ކިޔާލެވޭނީ އޭނާގެ ފޭސް ބުކް ޕޭޖަށް އަޕްލޯޑް ކުރައްވާނެ ކަމަށް ވަނީ ޢިއުލާން ކުރަށްވާފައިއެވެ. ލިސްޓް އާންމު ކުރަށްވައި، ފުލު ފުލުގައި ވާހަކަތައް ދޫކޮށްލަށްވަނީ ގޭގައި މަޑުކޮށްލަދެއްވަން އެދެމުންނެވެ. އޮތީ ހަމަ އެންމެ ޝަރުތެކެވެ. އެއީ ގޭގައި މަޑުކުރުމެވެ. ބިންމާގެ ވާހަކަތަށް ކިޔާލުމަށް "ބިންމާ އިބްރާހިމް" ގެ ފޭސްބުކް ޕޭޖަަށް ވަޑައިގަންނަވާށެވެ. ނުވަތަ މިލިއުމުގައި ވާހަކައިގެ ނަން ހިމެނިފައިވާ ލިންކުން އެވާހަކަ ކިޔާލެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!