ކާސިންޖީ މަގުގައި ހުރި ގެސްޓް ހައުސްއަކުން ބަންގްލަދޭޝް ފިރިހެނަކު މަރުވެފައި އޮއްވަ ފެނިފައިވަ ވާކަމަށް މިޔަދު 09:10 އެހާކަށް ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މިކަމާއި ގުޅިގެން ނޫސްތަކަށް މަޢުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ އެމީހާ އަކީ މ.ކޮޅުފުށިން އައި މީހެއް ކަމަށާއި ބަންޑަށް ތަދުވާތީވެ 28 ވަނަ ދުވަހު އޭޑީކޭ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކާފައި ވާކަމަށާއި އަދި މިއަދު ޑޮކްޓަރަށް ދަށްކަން ދާން ޖެހޭކަމަށް ފުލުހުން ބުނެފައިވެއެވެ.
އެމީހާއަކީ 38 އަހަރުގެ މީހެއްކަމަށް ފުލުހުން ބުނެފައިވެއެވެ. މީސްމީޑިޔާގައި ބަޔެއްމަސްދަރުތަކުން ބުނެފައިވާގޮތުން އެމީހާ ރޭ ވަރަށް ގަދަޔަށް ހުންއައިސް ހޮޑުލައި ހެދިކަމަށާއި އަދި ރޭ މާލޭގެ ހޮސްޕިޓަލަކަށް ދިޔުމުން ހޮސްޕިޓަލުން އެމީހާ ނުވެއްދި ކަމަށް ބުނެފައި ވެއެވެ. އަދި އޭނާގެ ރައްޓެއްސެއް ކައިރީ ޑޮކްޓަރަށް ދެއްކުމަށް އެހީތެރިކަމަށް އެދިފައިވާތީ އެ ރައްޓެހި މީހާ މިއަދު ހެނދުނު ގެސްޓް ހައުސްއަށް އައިރު އެމީހާ އޮތީ މަރުވެފައިކަމަށްވެސް ބައެއް މަސްދަރުތަކުން މައުލޫމާތު ދިނެވެ.
ނިޔާވެފައި އޮތް މީހާ ހޮސްޕިޓަލަށް ގެންދަން އެންބިއުލެންސަށް އެރުވިއިރު އެކަމުގައި ހަރަކާތްތެރިވި މީހުން ތިބީ ރައްކާތެރިވުމަށް ބޭނުން ކުރާ ހެދުމުގައެވެ. ނިޔާވެފައި އޮތް މީހާ ހޮސްޕިޓަލަށް ގެންދިޔަ ފަހުން އެސަރަހައްދު ޑިސްއިންފެކްޓް ކުރި މަންޒަރު ވެސް ފެނިފައި ވާކަމަށް މީސްމީޑިޔާގައި އެސަހައްދުގައި ދިރިއުޅޭ މީހުން ބުނެފައިވެއެވެ.
އެމައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް އެއިދާރާ އިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!