ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަކޮރޯނާ ވައިރަސް ގިނަ އަދަދެއްގެ އިޓަލީ ވިލާތު މީހުންނަށް ޖެހެހިއްޖެ ކަމަށް އަނެއްކާވެސް ރިޕޯޓްތައް ބުނެފިއެވެ.

ދުނިޔޭގެ ރިޕޯޓުތައް ބުނާގޮތުން އެބަލީގައި އިޓަލީން އިއްޔެ 743 މީހުން މަރުވެ، 5249 މީހުން އަލަށް ޕޮޒިޓިވު ވެފައިވެއެވެ.

Ad
rt

މިއީ އެޤައުމުން މިބަލިމިހާ ގިނަ މީހުންނަށްޖެހި، އެހާ ގިނަމީހުން މަރުވި 2 ވަނަ ފަހަރެވެ.

މިހިނގާ މާރިޗް މަހުގެ 22 ވަނަ ދުވަހުވެސް އިޓަލީން ވަނީ ގިނަ ޢަދަދެއްގެ ބަޔަކު މަރުވެ، އެބައްޔަށް ޕޮޒިޓިވް ވެފައެވެ. އެދުވަހު 793 މީހުން މަރުވެ، 6557 މީހުން އަލަށް ޕޮޒިޓިވު ވިއެވެ. އެދުވަހަކީ މިބަލި ފެތުރެން ފެށިފަހުން މިހާތަނަށް އެ ޤައުމުގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.

އިޓަލީން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 69176 އަށް އަރާފައެވެ. އަދި މަރުވި މީހުންގެ އަދަދު ވަނީ 6820 އަށް އަރާފައެވެ.

2019 ވަނަ އަހަރު ޗައިނާގެ ވޫހާން ސިޓީގެ މާރުކޭޓަކުން ފެތުރެންފެށި މިވައިރަސް ދުނިޔޭގެ 197 ޤައުމަށާއި، ސަރަހައްދަށް މިހާރު ވަނީ ފެތުރިފައެވެ.

ރޭ ރާއްޖޭގަޑިން 21:20 ހާއިރު ދުނިޔޭން މިބަލި ޖެހުނު މީހުންގެ ޢަދަދު ވަނީ 4 ލައްކައަށް އަރައިފައެވެ.

މިއަދު މިހާތަނަށް ދުނިޔޭން މިބަލި ޖެހުނު މީހުންގެ ޢަދަދަކީ 422959 އެވެ. އަދި މިބަލި ޖެހުނު މީހުންތެރެއިން 109144 މީހުން ވަނީ މިބަލިން ފަސޭހަވެފަވެއެވެ.

ކޮވިޑް-19 ވައިރަސްގެ ސަބަބުން ދުނިޔޭން މިހާތަނަށް 18907 މީހުންވަނީ މަރުވެފައެވެ.