ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ ޢަދަދު ދެލައްކައަށް އަރައިފިއެވެ.
މިހާތަނަށް ދުނިޔޭގެ 167 ޤައުމަކުންނާއި، ސަރަހައްދުން މިވައިރަސްވަނީ 200099 މީހުންނަށް ޖެހިފައެވެ. މިވައިރަސް ޖެހުނު މީހުންގެ ތެރެއިން 8010 މީހުން މަރުވެފައިވާއިރު 82813 މީހުން ރަަނގަޅުވެފައި ވެއެވެ.

އެންމެގިނައިން މިވައިރަސް ޖެހިފައިވާ މީހުން ތިބި 10 ޤައުމު
- ޗައިނާ 80894 މީހުން
- އިޓަލީ 31506 މީހުން
- އީރާން 16169 މީހުން
- ސްޕައިން 11826 މީހުން
- ޖަރުމަން 9877 މީހުން
- ސައުތު ކޮރެއާ 8413 މީހުން
- ފްރާންސް 7730 މީހުން
- އެމެރިކާ 6524 މީހުން
- ސުވިޒަލެންޑް 2742
- އިނގިރޭސިވިލާތް 1950
މިވައިރަސްގެ ސަބަބުން އެންމެ ގިނަމީހުން މަރުވި 10 ޤައުމު
- ޗައިނާ 3237 މީހުން
- އިޓަލީ 2503 މީހުން
- އީރާން 988 މީހުން
- ސްޕައިން 533 މީހުން
- ފްރާންސް 175 މީހުން
- އެމެރިކާ 116 މީހުން
- ސައުތު ކޮރެއާ 84 މީހުން
- އިނގިރޭސިވިލާތް 71 މީހުން
- ނެދަލޭންޑް 43 މީހުން
- ޖަޕާން 29 މީހުން
ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ރާއްޖޭންވެސް ފެނިފައި ވާއިރު އެ އެންމެންނަކީ ވެސް ޓޫރިސްޓުނާއި ރިސޯޓްތަކުގެ ބިދޭސީ މުވައްޒަފުންނެެވެ. އޭގެ ތެރޭގައި ގިނައީ އިޓަލީ މީހުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!