ހދ. ހަނިމާދޫގައި ތިބި ނިއުރޭޑިއަންޓް ސްޕޯރޓްސް ކްލަބްގެ ސަޕޯޓަރުން އެކްލަބަށް އެހީވުމަށް ފަންޑް ރެއިސް ކުރުމުގެ ހަރަކާތެއް ހަނިމާދޫގައި ހިންގައިފިއެވެ.
ރާއްޖޭގެ އެންމެ ދުވަސްވީ އެއް ކްލަބް، ނިއުރޭޑިއަންޓް ސްޕޯރޓްސް ކްލަބްގެ ހަނިމާދޫގައި ތިބި ސަޕޯރޓަރުން، މިއަދު ހަވީރު 16:00 ގައި ހަނިމާދޫ ސްޓާރޓިންޕޮއިންޓް ފިހާރަ ދޮރުމަތީގައި ކުރިއަށް ގެންދިޔަ އެހަރަކާތުގައި، ނިއުގެ ޖާރޒީ ވިއްކުމާއިއެކު ފަންޑް ރެއިސްކުރުމުގެ ހަރަކާތެއްވަނީ ކުރިއަށް ގެންގޮސްފައެވެ.

އެރަށުގައި ހުންނަ ސްޓާރޓިންގ ޕޮއިންޓުގެ ވެރިފަރާތުން އިސްނަގައިގެން، ނިއުގެ ސަޕޯޓަފުންނާއެކު އެރަށުގައި ހިންގި އެ ޙަރަކާތް އެރަށުގެ ކްލަބް ޖަމްޢިއްތަކުންވެސްވަނީ ޕްރޮމޯޓް ކޮށްފައެވެ.
ހަނިމާދޫގައި ނިއުގެ ސަޕޯޓަރުން ނިއުއަށްޓަކައި ހަރަކާތެއް ހިންގި އިރު، ހަނިމާދޫއަށް ނިސްބަތްވާ ކުރީގެ ޤައުމީ ޓީމުގެ މަޝްހޫރު ޑިފެންޑަރު މުޙައްމަދު ނާޞިރަކީވެސް ގިނަ ދުވަސްތަކެއް ވަންދެން ނިއުގެ ދިފާއީ ތަނބެއްގެ ގޮތުގައި ކުޅެފައިވާ ކުޅުންތެރިއެކެވެ.

މުޙައްމަދު ނާޞިރު ނިއުއަށް ކުޅުން ދުވަސްވަރު، ނިއުވަނީ ގިނަ ތަށިތަކެއް ހޯދައި، ސަރަޙައްދީ ފެންވަރުގެ ކާމިޔާބުތައްވެސް ހޯދާފައެވެ.
2006 ވަނަ އަހަރު ވޯލްޑްކަޕް ކޮލިފައިންގައި ސައުތު ކޮރެއާ އާއި ރާއްޖެ ބައްދަލުކޮށް އެއްވަރުވި ކުރި މެޗްގެ ފަހަތް ބެލެހެއްޓުމުގައިވެސް ނާސިރުގެ ދައުރު ވަރަށް ބޮޑެވެ.
އުތުރުން ހދ. ހަނިމާދޫއަކީ ގިނަ ޢަދަދެއްގެ ނިއުގެ ސަޕޯޓަރުން ތިބި ރަށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!