ކޮވިޑް-19 ނުވަތަ ނޮވެލް ކޮރޯނާ ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާތީ، މުޅި އިޓަލީ ވިލާތް ލޮކްޑައުންކޮށްފި އެވެ. އިޓަލީގެ މިފިޔަވަޅާއިއެކު، އެ ޤައުމުން އެއްވެސް މީހަކު ބޭރަށް ދިޔުމާއި އެތެރެވުން މިވަނީ މަނާވެފަ އެވެ.

އިޓަލީގެ ބޮޑުވަޒީރު ރައްޔިތުންނާ މުހާތަބު ކުރައްވާ ވިދާޅުވީ ހުރިހާ ރައްޔިތުންވެސް ސަލާމަތްތެރިކަމާއެކު ގޭގައި ތިބުމަށް އިލްތިމާސް ކުރައްވާ ކަމަށާއި ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ދަތުރެއް ކުރާނަމަ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދަންވާނެ ކަމަށެވެ.

Ad
rt

އިޓަލީގެ 9172 މީހުންނަށް މިހާތަނަށް ލޮވިޑް-19 ޖެހިފައިވެއެވެ. އޭގެތެރެއިން 463 މީހުން މަރުވެފައިވާއިރު 724 މީހުން ވަނީ ރަނގަޅުވެފައެވެ. އަދި އޭގެ ތެރެއިން 733 މީހުން ތިބީ ސީރިއަސް ހާލަތެއްގައިއެވެ.

ސައޫދީ ސަރުކާރުންވެސް އަންނަނީ އެޤައުމުގައި އިތުރަށް ވައިރަސް ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތައް އިތުރު ކުރަމުންނެވެ. އެގޮތުން ދަތުރު ކުރުމަށް ފަހު އެކަމާއި ބެހޭ މައުލޫމާތު ހާމަނުކޮށް، ސިއްރުކުރާ މީހުން ބޮޑު ޢަދަދަކުން ޖޫރިމަނާ ކުރުމަށް ސައުދީ ސަރުކާރުން ވަނީ ނިންމާފައެވެ. އެޤައުމުގެ ރަސްކަމުގެ ދަރުބާރުން މިކަމާއި ގުޅޭގޮތުން ބުނެފައިވަނީ، މަޢުލޫމާތު ފޮރުވާ، އޮޅުވާލާ މީހުން ގިނަ ވެގެން 133،000 ޑޮލަރުން ޖޫރިމަނާ ކުރާނެކަމަށެވެ.

ސައުދީ ސަރުކާރުން މިގޮތައް ނިންމީ އެޤައުމުން، ވައިރަސް ފެނި، އެ ހިފަހައްޓަން މަސައްކަތް ކުރަމުންދާއިރު، ބައެއް ފަރާތްތަކުން ދަތުރުކޮށްފައިވާ ތަންތަނާއި، އަދި ބައެއް އެފަދަ މަޢުލޫމާތު ހޯދަމުން ދާއިރު، ބައެއް ފަރާތްތަކުން ސިއްރު ކުރަމުންދާތީއެވެ.

އޭގެ އިތުރުން އަންގާރަދުވަހުން ފެށިގެން އެޤައުމުގެ ހުރިހައި މިސްކިތްތަކަށާއި ޤަދީމީ ބިނާތަކައް ކާބޯތަކެތި ވެއްދުން މަނާކަމަށް އެޤައުމުގެ ރަސްކަމުގެ ދަރުބާރުން ވަނީ ބުނެފައެވެ. ޙަރަމްފުޅު ފަދަ ތަންތަނަކީ، ގިނަ ބަޔަކު އަޅުކަމުގައި ވަކިން ޚާއްޞަކޮށް ރޭ އަޅުކަމަށް ގިނަ ވަގުތު ތަކެއް ހޭދަކުރާ ތަނެކެވެ. އެހެންނަމަވެސް ކޮރޯނާވައިރަސްގެ ބަލިމަޑުކަމާހުރެ، އެންމެހައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅި ފިޔަވަޅެއްގެ ގޮތުން، އަންގާރަ ދުވަހުން ފެށިގެން، ކާބޯތަކެތި މިސްކިތްތަކަށާއި، ބިނާ ތަކަށް ވެއްދުން ވަނީ މަނާކޮށްފައެވެ.

އޭގެ އިތުރުން ސައުދީ ރަސްކަމުގެ ދަރުބާރުން ވަނީ، ދުނިޔޭގެ 9 ޤައުމަކަށް އިއްޔެއިން ފެށިގެން ކަނޑާއި، ވައިގެ ދަތުރުތައް މެދުކަނޑާލަން ނިންމާފައެވެ. އެ ޤައުމުތަކަކީ، ބަހްރައިން، މިޞްރު، އިރާޤް، ކުވައިތު، އިޓަލީ، ލުބްނާން، ދެކުނު ކޮރެއާ، ސޫރިޔާ އަދި ޔޫއޭއީއެވެ. އެޤައުމުން މީގެކުރިން ވަނީ އެޤައުމުގެ ވަށައިގެންވާ އެއްގަމު ބޯޑަރުތައްވެސް ބަންދުކޮށްފައެވެ. އަދި އުމްރާވެރިން އެޤައުމަށް ދަތުރު ކުރުންވެސް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

ކޮވިޑް-19ގެ ސަބަބުން ދުނިޔޭން މިހާތަނަށް 4027 މީހުންވަނީ މަރުވެފައެވެ. އެވައިރަސް ޖެހިފައިވާ މީހުންގެ ޢަދަދު މިހާރުވަނީ114512 އަށް އަރާފައެވެ. އޭގެ ތެރެއިން 64273 މީހުންވަނީ އެވައިރަސްއިން ފަސޭހަވެފައެވެ. މިވައިރަސް މިހާރުވަނީ ދުނިޔޭގެ 115 ޤައުމަކާއި، ސަރަޙައްދަށް ފެތުރިފައެވެ.