ރައްޔިތުންގެ ''ގެ'' ގުޅަ ގުޅޭ ފަސްގަނޑަށް ހެދި ދުވަސް ވަރުއްސުރެ ''ރައްޔިތުންގެ މެމްބަރުންގެ ޑްރާމާ ގަޑިޔާ" މުޅިން ވަކިވީމެވެ. ނަމަވެސް މުޅި ދުނިޔެއަށް ފެތުރެން ފެށި ކޮވިޑް-19ގެ ރާޅު ރާއްޖެއަށް އަރައި، 4 އާއި ހަމައަށް ޔަޤީންވި ހިނދު ފިކުރު ބޮޑުވެ، ހިއްލި އޮއްދާ ނުހިކެއެވެ.
އެއަށްފަހު ފުރަތަމަ ދުވަހު ރައްޔިތުންގެ މަންދޫބުންގެ އަޑު އަހާލަން އިށީނީ ގެއިން ބޭރަށް ދާނެ ހިތްވަރުވެސް ނެތުމާއިއެކު އެކުއެވެ. އެތައް ދުވަހެއް ފަހުން އަޅުގަނޑު މެމްބަރު އަޑުއަހާލަން ޓީވީ ހުޅުވާލީމެވެ.
މަޖިލިސް އޮތީ ފެށިފައެވެ. ނަމަވެސް ވާހަކަ ދައްކަން ހުންނެވި މެމްބަރު ވާހަކަ ދައްކަން ހުންނެވީ ދިވެހި ބަހުން ނޫންކަމުން އަޅުގަނޑު ހީކުރީ މަޖިލީހުގައި މިހާރު ވާހަކަ ދައްކަނީ ބޭރުބަސްތަކުން ކަމަށެވެ. މަޖިލިސް ނުބެލޭތާ އެހާ ދުވަސްވީމައި ހީވިގޮތެއްކަން އެނގުނީ އެ މެމްބަރު އިށީންނެވުމުން ދެންއައި ބައިތަކުންނެވެ.
އިވެމުންދިޔައީ ކޮވިޑް-19 ރާއްޖޭގައި ފެތުރުން ހުއްޓުވަން، އެ ބަލި ފެތުރޭ ގައުމުތަކުން ރާއްޖެއަށް މީހުން އައުން ވަގުތީ ގޮތުން ހުއްޓުވާފައި އޮތް އޮތުމާ ދެކޮޅު ހަދައި ހުށަހަޅާފައިވާ ކުއްލި މައްސަލައެއްގެ ބަހުސްއެވެ.
ޚިޔާލު ދެކަފިވެ ކުރަމުން ދިޔަ ބަހުސްގައި އަޅުގަނޑަށް އިނދެވުނީ އެކުއްލި މައްސަލައާއި ދެކޮޅު ހެއްދެވި މެމްބަރުންގެ ފަޅީގައެވެ. ސަބަބުތައް ދަންނަވާލާނަމެވެ.
އަޅުގަނޑަށް އެންމެ މުހިންމީ ރައްޔިތުންގެ ސަލާމަތްތެރި ކަމެވެ. ރައްޔިތުންގެ ފުރާނައަށް ވުރެ މުހިންމު ކަމެއް އަޅުގަނޑުގެ ކޮށި ވިސްނުމަކަށް ނައެވެ. މިހާލަތަށް ސަރުކާރުން އަޅުއްވާފައިވާ ފިޔަވުތަކަށް އަޅުގަނޑަށް ތާއީދު ކުރެވެނީ ސަރުކާރުން ރައްޔިތުން އިސްކޮށްފައިވާތީއެވެ.
ރައްޔިތުން ހަނާވެ ނެތިދާން ދޫކޮށްލާފައި ކޮން އިޤްތިޞާދެއްގެ ވާހަކަ ދައްކަން ތޯއެވެ؟ ތެދެކެވެ. ޤައުމުގެ އިޤްތިޞާދުގެ ސަލާމަތްތެރިކަން ނުހަނު ބޭނުމެވެ. ނަމަވެސް އެއިޤްތިޞާދު ދެމެހެއްޓޭނީ އެ އިޤްތިޞާދުގެ ޚިދުމަތްތެރިންނާއި، އެއިޤްތިޞާދު ބިނާވެފައިއޮތް ޤައުމުގެ ރައްޔަތަށް ރައްކާތެރިކަން ލިބިގެން ނޫންތޯއެވެ!
ޖަލްސާ އަޑުއަހަން އިންއިރު ހައިރާންކަން ގެނުވި އެއްކަމަކީ، އިއްޒަތްތެރި މެމްބަރަކު ދެއްކެވި ވާހަކާގައި ސަރުކާރުގެ ހެލްތު މިނިސްޓަރު ''ކަތިލުމެވެ.'' ސިއްޚަތާބެހޭ ވަޒީރާއި މަތިކޮށްފައިވާ އެއްވެސް ޒިންމާއަކަށް ގަސްތުގައި އިހުމާލުވާނެކަމަށް ދެކޭނީ ކޮން ހަމައަކުންތޯއެވެ؟ ލޮލާ ބޮލާއި ސަލާމަތުން ހުރީތީ އެމިނިސްޓަރާއި، މުޅިސަރުކާރުގެ މަސައްކަތް އެބަ ފެނެއެވެ. އެފެންވަރުގެ އެއްވެސް މަޤާމެއްގައި ހުރި މީހަކު ފެއިލްވާކަށް ދުލެއް ނުދޭނެއެވެ. އެހެންކަމުން އެވާހަކައިން ފާހަގަވީ ''ޒާތީ ތާކިހަލެއް'' ތުރުކުރައްވައިގެން ހުންނެވިކަމަށެވެ.
ދިގުވާތީ ކުރުކޮށްލާނަމަވެ. އެންމެ އުންމީދު ކުރިވާހަކަ އަޑުނީވުނީތީ މާޔޫސްވިއެވެ. ހީކުރީ ރައްޔިތުންގެ މެމްބަރުން ރައްޔިތުންނަށް ނަމޫނާއަކަށް ވާނެކަމަށެވެ.
ޤައުމަށް ދިމާވެފައިވާ މި އުނދަގޫ ދަނޑިވަޅުގައި މުސާރައާއި، އެލަވަންސުން ބައި ސެންޓް ކަނޑާލާވާހަކަވެސް ރައްޔިތުންގެ މެމްބަރުނަށް ބުނާކަށް ނުކެރުނެވެ. ޤައުމުގެ މާލިއްޔަތަށް އަންނަ ލޮޅުމަށް ލުއިކޮށްލަދޭން ކުޑަމިނުން އެޝުއޫރު ތިލަކޮށްލަންވެސް ނުކެރުނެވެ.
މީސިޔާސީ ވާންވީ ވަގުތެއްނޫނެވެ. ޒާތީ ވާންވީވެސް ވަގުތެއް ނުމެ ނޫންމެއެވެ. މިއީ ޤައުމަށްޓަކައި އެންމެން އަތުގުޅާލަންވީ ވަގުތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!