ރާއްޖެއަށް ވަޒަންތަކެއް ހިފައިގެން އައި އެމެރިކާގެ ރައްޔިތަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އެމެރިކާގެ ރައްޔިތެއް ކަމަށްވާ ކޮބޯލޯ ބްރިޓެއިން ޓައިލާ މިދިޔަ އާދިއްތަ ދުވަހު ރާއްޖެ އައިއިރު އޭނާގެ ލަޖެގުން ވަޒަން އަޅާފައިވާ މެގަޒިނެއް ފެނުނު ކަމަށެވެ. އެހެންވެ, ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން އޭނާ 10 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ރާއްޖެއަށް ހަނގުރާމަވެރި ހަތިޔާރާއި ވަޒަނާއި ގޮވާތަކެތި ގެނައުމަކީ ބޮޑު އަދަބު ލިބޭ ކުށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!