އީރާނުގައި ހިންގި އެމެރިކާ ޕައިލެޓް ސަލާމަތްކުރުމުގެ އޮޕަރޭޝަނެއްގެ ތެރޭގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކެތްތެރިކަން ކުޑަވެ، މުވައްޒަފުންނާއި އެހީތެރިންނާއި ދިމާލަށް ހަޅޭއްލަވަން ފެށުމުން އޭނާ 'ސިޓުއޭޝަން ރޫމް' އަށް ވަނުން އަސްކަރީ މުޝީރުން މަނާކުރިކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މި މަހުގެ ކުރީކޮޅު އީރާނުގެ ސިފައިން އެމެރިކާގެ އެފް-15 ފައިޓާ ޖެޓެއް ވައްޓާލުމާ ގުޅިގެން، އޭގެ ޕައިލެޓުން ސަލާމަތްކުރުމަށް އޭޕްރިލް 3 ވަނަ ދުވަހު ހިންގި ނުރައްކާތެރި މިޝަނެއްގެ ތެރޭގައެވެ. ރިޕޯޓްތައް ބުނާގޮތުގައި، ދެ ޕައިލެޓުން ވީނުވީއެއް ނޭނގިގެން އުޅުނު ވަގުތު، ޓްރަމްޕް ވަނީ ވައިޓް ހައުސްގެ ވެސްޓް ވިންގުގައި އެތައް ގަޑިއިރަކު އެހީތެރިންނާ ދިމާލަށް ހަޅޭއްލަވާފައެވެ.

Ad
rt

މި ހާލަތާ ގުޅިގެން ރައީސްގެ އިސް މުޝީރުންނާއި ސަރުކާރުގެ އޮފިޝަލުން، އޭގެ ތެރޭގައި ނައިބު ރައީސް ޖޭ.ޑީ ވެންސް އާއި ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ސޫޒީ ވައިލްސް ހިމެނޭ ގޮތަށް، ސިޓުއޭޝަން ރޫމްގައި ބޭއްވި ބްރީފިންތަކުން ޓްރަމްޕް ނުވެއްދީ އޭނާގެ ރުޅިގަދަ މިޒާޖުގެ ސަބަބުން އޮޕަރޭޝަނަށް ބުރޫއަރާފާނެތީއެވެ. ޚަބަރުތައް ބުނާގޮތުގައި، މި ނުރައްކާތެރި މިޝަން ކުރިއަށް ދިޔައިރުވެސް، ޓްރަމްޕް ވަނީ ސްޓޭޖްމަތީގައި ރައީސަކު ދައްކަން ނުވާޒާތުގެ ޖިންސީ ފާޑުގެ ބަހެއް ބުނެ ހާޒިރުވެ ތިބި މީހުން ހައިރާންކޮށްލާފައެވެ.

މި ހާދިސާއާ ގުޅިގެން 1979 ވަނަ އަހަރުގެ އީރާނުގެ ރަހީނުންގެ ހާދިސާގެ ހަނދާންތައް އާވެފައިވާއިރު، ޓްރަމްޕް މާޗް މަހު ބުނެފައި ވަނީ "ޖިމީ ކާޓާއަށް ވީގޮތަށް ބަލާލައިފިނަމަ، އެކަމުގެ ސަބަބުން އެމީހުންނަށް އިންތިޚާބު ގެއްލުނު" ކަމަށެވެ. އަދި އެއީ "ކިހާ ބޮޑު ހައިޖާނެއް" ކަމަށްވެސް އޭނާ ސިފަކުރިއެވެ.

މީގެ އިތުރުން، ޓްރަމްޕްގެ ސިއްހީ ހާލަތާ މެދުވެސް ވަނީ އާ ކަންބޮޑުވުންތަކެއް އުފެދިފައެވެ. އޭނާ އާދަޔާ ހިލާފު ގޮތަކަށް ކޮޅަށް ހުންނާތީ 'ލެގް ބްރޭސް' އެއް ބޭނުންކުރާ ކަމަށް ދެކެވޭ ވާހަކަތަކާއި، އެންމެ ގަޔާވާ ބައިބަލްގެ އާޔަތަކީ ކޮބައިތޯ އެހުމުން ދިން 'މޮޔަ' ޖަވާބުގެ ސަބަބުން ގިނަ ބައެއްގެ ނުރުހުން އޭނާއަށް ވަނީ އަމާޒުވެފައެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު ކަށަވަރުކޮށްދިން ގޮތުގައި، ޓްރަމްޕް ބައްދަލުވުމަށް ނުވެެއްދި ނަމަވެސް، ފޯނު މެދުވެރިކޮށް އޭނާއަށް އަޕްޑޭޓްތައް ދެމުން ދިޔައެވެ.

"އެހީތެރިން ރައީސް އެ ކޮޓަރިއަށް ނުވެެއްދީ، އޭނާގެ ކެތްތެރިކަން ކުޑަވުމަކީ އެހީތެރިވެދޭނެ ކަމެއް ނޫން ކަމަށް ގަބޫލުކުރާތީ،" އެ އޮފިޝަލް ބުނެފަވެއެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލީވިޓް ވަނީ ޓްރަމްޕަކީ ގައުމަށް ބޭނުންވާ ސާބިތު ލީޑަރެއް ކަމަށް ބުނެ އޭނާ ދިފާއުކޮށް ވާހަކަދައްކާފައެވެ. އަދި އީރާނަށް ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ނުދޭނެ ކަމަށް ޓްރަމްޕް ވެފައިވާ ވައުދު ފުއްދާނެ ކަމަށްވެސް އޭނާ ބުނެފަވެއެވެ.