ހާލުބޮޑު ބަލިމީހަކު ގޮވައިގެން ޅ. ނައިފަރުން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ ލޯންޗެއްގެ އިންޖީނަށް މައްސަލައެއް ދިމާވެ، އެމީހުން މާލެ ގެނެސްފައިވާ ކަމަށް މެރިން ޕޮލިސް (އެމްޕީއެސް) އިން ހާމަކޮށްފިއެވެ.

މެރިން ޕޮލިސްއިން މީސްމީޑިއާގައި ހިއްސާކުރި މަޢުލޫމާތެއްގައި ބުނެފައިވަނީ، މިރޭ 19:25 ހާއިރު ހާލުބޮޑު ބަލިމީހަކު ގޮވައިގެން ނައިފަރުން މާލެ ދަތުރުކުރަމުން ދިޔަ ލޯންޗެއް ކ. ކާގި ކައިރިން އިންޖީނު މައްސަލަޖެހުމާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

Ad
rt

އެގޮތުން، ބަލިމީހާ އާއި އޭނާއަށް އެހީތެރިވާން ތިބި މީހުން ވަނީ މާލެ ގެނެސްފައެވެ.

މި ހާދިސާ ހިނގުމާއެކު މެރިން ޕޮލިސްގެ އެހީތެރިކަން ވަނީ އެ ސަރަހައްދަށް ފޯރުކޮށްދީފައެވެ. މާލެ ގެންދިއުމަށްފަހު ބަލިމީހާވަނީ އެމްބިއުލާންސްގައި ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ.