ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ކ. ތުލުސްދޫގައި ގާއިމުކުރި ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީ ހުޅުވައިފި އެވެ.
މި އެކެޑަމީ ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ އެ ރަށަށް ކުރެއްވި ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ ރައީސް މުއިއްޒެވެ.
ސްޓެލްކޯ އިން ބުނި ގޮތުގައި ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީ އަކީ ޔޫޓިލިޓީ ދާއިރާއިން އިންސާނީ ވަސީލަތް ތަރައްގީކޮށް މި ދާއިރާއިން މީހުން ބިނާކޮށް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހުނަރު ތަރައްގީ ކުރުމަށް އެކުންފުނިން ގާއިމްކޮށްފައިވާ އެކެޑަމީއެކެވެ.
މި އެކެޑެމީގައި ކްލާސްރޫމްތަކާއި، ވޯކްޝޮޕަކާއި، ލެބޯޓްރީއެއްގެ އިތުރުން އެކޮމޮޑޭޝަން ހިމެނެ އެވެ.
ޗައިނާ ކުންފުންޏަކުން ހަދިޔާކުރި 200،000 އެމެރިކާ ޑޮލަރުގެ އަގުހުރި ވަސީލަތްތަކާއި އާލާތްތަކާއެކު އިއާދަކުރަނިވި ހަކަތައިގެ ލެބޯޓްރީއެއް މި އެކެޑަމީގައި ގާއިމްކޮށްފައިވެ އެވެ.
މި އެކެޑަމީ ގާއިމްކޮށްފައިވަނީ އެއްފަހަރާ 50 ކުދިންނަށް ތަމްރީނު ދެވޭނެ ވަސީލަތްތަކާއެކުގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!