އުރީދޫ މޯލްޑިވްސް މެދުވެރިކޮށް އެންމެ ފަހުގެ އައިފޯން 17 ޕްރީ-އޯޑަރު ކުރި ފަރާތްތަކަށް ފޯނުތައް ހަވާލުކުރަން ފަށައިފި އެވެ.
ހުޅުމާލޭގައި ހުންނަ އުރީދޫ ހެޑްކުއާޓަރސްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ފޯނުތައް ހަވާލުކުރަން ފެށީ ރޭ 12:01 ގައެވެ.މި ރަސްމިއްޔާތުގައި ލައިވް މިއުޒިކާއެކު ފޯރިގަދަ ޝޯއެއް ކުރިއަށް ގެންގޮސްފައިވެއެވެ.
އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި ޝޯގައި މަޝްހޫރު ލަވަކިޔުންތެރިޔާ ބަޖިއްކޮއާއި ފާލިހު ވަނީ މުނިފޫހިފިލުވުމުގެ ކަންތައްތައް ކުރިއަށް ގެންގޮސްފައެވެ. މި ޝޯ ކުރިއަށް ގެންގޮސްފައިވަނީ ރޭ 11:30 އާ ހަމައަށެވެ.
އުރީދޫގެ އީކޮމާސް ޕްލެޓްފޯމު މެދުވެރިކޮށް އައިފޯން 17 ޕްރޯ އަދި އައިފޯން 17 ޕްރޯ މެކްސް ޕްރީ-އޯޑަރަށް ހުޅުވާލި ފުރުސަތުގައި ގިނަ ބަޔަކު ވަނީ ފޯނަށް އޯޑަރު ދީފައެވެ. އުރީދޫން މައުލޫމާތު ދިން ގޮތުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ 12:02 ގައި ޕްރީ-އޯޑަރަށް ހުޅުވާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގިނަ ކަސްޓަމަރުން ވަނީ އޯޑަރު ނަގައި ނިންމާފައެވެ.
އެޕަލް ކުންފުނިން މިފަހަރު ނެރުނު އައިފޯން 17 ސީރީޒްގައި ހިމެނެނީ އައިފޯން 17، 17 އެއާ، 17 ޕްރޯ، އަދި ޕްރޯ މެކްސްއެވެ. މިފަހަރުގެ ފޯނުތަކުގައި އެންމެ ކުޑަ އިންޓަރނަލް ސްޓޯރޭޖްގެ ގޮތުގައި 256 ޖީބީ ހިމަނާފައިވާތީ، ކުރީގެ ސީރީޒްތަކާ އަޅާބަލާއިރު އަގުތައް ބޮޑުވެފައިވާ ކަމަށް އެޕަލްއިން ބުނެއެވެ.
First in line, first to shine. ✨
At 12:01 AM tonight, we handed over the brand-new iPhone 17 series to our pre-order customers. Who’s ready to experience the future?#iphone17 #liveUnlimited #DigitalMaldives pic.twitter.com/S05yhXvCMa— Ooredoo Maldives (@OoredooMaldives) September 25, 2025
އެންމެ ފަހުގެ ޓެކްނޮލޮޖީ ވަސީލަތްތައް ވީހާވެސް އަވަހަކަށް ދިވެހިންނަށް ފޯރުކޮށްދިނުމަށް އުރީދޫގެ ފަރާތުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެޕަލްގެ ފޯނުތަކަކީ ދިވެހިންގެ މެދުގައި މަގުބޫލު އެއްޗަކަށް ވާއިރު، ކޮންމެ އަހަރަކުވެސް އުރީދޫން އެޕަލްގެ ފޯނުތައް ގަތުމުގެ ފުރުސަތު ހޯދައިދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!