މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ނިންމި ނިންމުން މިއަދު ވަނީ ބާތިލުކޮށްފައެވެ.

މިގޮތުން، ހުކުރު ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ވަކި ގަޑިތަކެއްގައި އުޅަނދު ދުއްވުން މަނާކުރުމަށް ނެރުނު އިއުލާނު ވަނީ އަނބުރާ ގެންގޮސްފައެވެ.

Ad
rt

"2025 ޖުލައި 26 ވަނަ ދުވަހު 15:00 އިން 18:30 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރި ކުރުން މިހާރު ވަނީ ބާތިލުކޮށްފައެވެ. އެހެންކަމުން، އިސްވެދެންނެވުނު ގަޑިތަކުގައި އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދަ ލިބިގެންވާ ކަމުގައި ދަންނަވަމެވެ."

ފުލުހުންގެ ޚިދުމަތުން ކުރި އިޢުލާނެއްގައި ބުނެފައިވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އިއުލާނުގައި ވަނީ އިއްޔެ 13:00 އިން 18:00 އަށް މާލޭގައި ބަރު އުޅަނދު ދުއްވުން މަނާކުރުމަށާއި، މިއަދު 15:00 އިން 18:30 އަށް ހުރިހާ ބާވަތެއްގެ އުޅަނދު ދުއްވުން މަނާކުރުމަށް ނިންމާފައެވެ. އަދި މާދަމާރޭ 18:00 އިން 00:00 އަށް ބަރު އުޅަނދު ދުއްވުން ވެސް މަނާކުރުމަށް ވަނީ ނިންމާފައެވެ.

މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ރާއްޖެއަށް ވަޑައިގެންފައިވާއިރު، މި ހަރަކާތްތަކާ ގުޅިގެން އިތުރު ސަލާމަތީ ފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަކުރެވެއެވެ.