ޗައިނާގެ ވުހާން ސިޓީއިން ފެތުރެންފެށި ނުރައްކާތެރި ނޮވެލް ކޮރޯނާ ވައިރަަސްއަށް އެންމެ އަވަހަށްވެސް ވެކްސިންއެއް ތައްޔާރުކުރެވޭނެ ކަމަށް ލަފާކުރެވެނީ 2021 ވަނަ އަހަރަށް ކަމަށް އެ ވައިރަހަށް ފަރުވާ ހޯދުމަށް މަސައްކަތްކުރަމުންދާ ސައިންޓިސްޓެއް ބުނެފިއެވެ.
އެވައިރަސް މިހާރު ދަނީ ދުނިޔޭގެ އެކި ޤައުމު ތަކަށް ފެތުރެމުންނެވެ. ކޮރޮނާވައިރަސްއަށް އެންމެ ފަރުވާހޯދުމަށް މަސައްކަތްކުރަމުންދާ ލަންޑަންގެ އިމްޕީރިއަށް ކޮލެޖުގެ "މިއުކޯސަލް އިންފެކްޝަން އެންޑް އިމިއުނިޓީ"ގެ އިސްކޮށް އުޅުއްވާ ރޮބިން ޝެޓޮކް އާއި ހަވާލާދީ ސީއެންއެންގައި ރިޕޯޓުކޮށްފައިވާގޮތުން މިވަގުތުވެސް އެވައިރަސް އަށް ވެކްސިންއެއް އުފެއްދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާ ކަމަށެވެ.
ޗައިނާއާއި ހަވާލާދީ ވޮޝިންޓަން ޕޯސްޓްގައިވަނީ ޗައިނާގެ 34000 މީހުންނަށް މިހާތަނަށް އެވައިރަސްގެ އަސަރުކޮށްފައި ވާކަމަށެވެ. 710 މީހުން މިހާތަނަށް އެ ވައިރަސްގެ ސަބަބުން އެ ޤައުމުން މަރުވެފައި ވާކަމަށްވެސް އެ ނޫހުގެ އެންމެ ފަހުގެ މަޢުލޫމާތުގައި ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!