އޫރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް-ޙަމާދީ، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ މައި އިދާރާ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ގައި އިއްޔެ ބޭއްވި މި ބައްދަވުމުގައި، އާންމު ރައްޔިތުންނަށް ފޯރުކޮށްދެވޭ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމާގުޅޭގޮތުންނާއި، އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އުރީދޫ އަައި ފުލުހުންނާ ދެމެދު އިތުރަށް ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

Ad
rt

މީގެއިތުރުން، އުރީދޫއިން އިސްނަގައިގެން އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ 'އުރީދޫ ފަން ރަން' ގައި ބައިވެރިވެވަޑައިގަތުމަށް ކޮމިޝަނަރ އޮފް ޕޮލިސްއަށް އެ ކުންފުނީގެ ސީއީއޯ ދައުވަތު އެރުއްވިއެވެ.

ރައްޔިތުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް އުރީދޫއިން އަންނަނީ އެކި މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރަމުންނެވެ.