އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިއުޅޭ އެ ކުންފުނީގެ ކަސްޓަމަރުންނަށް ތަފާތު އޮފާ ތަކެއް އިއުލާނުކޮށްފިއެވެ.

އެ ކުންފުނިން އިއުލާންކޮށްފައިވާ ގޮތުގައި މި ޢީދުގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް ބޯނަސް ޑޭޓާ އާއި ވެލިއު ޕެކްޑް ޑެއިލީ ޕްލޭންތަކުން ފެށިގެން ޑެޑިކޭޓެޑް ގޭމިން ބޫސްޓާތަކާ ހަމައަށް އޮފާތައް ލިބިގެންދާނެއެވެ. މި އޮފާތައް ފަރުމާކޮށްފައި ވަނީ ކޮންމެ މީހަކަށް ވެސް ގުޅުން ބަދަހިކޮށް، މަޖާކޮށް، ޝެއާކޮށްއަދި ހަލުވި ސްޕީޑްގެ ތަޖުރިބާތައް ގެނެސްދިނުމަށް ކަމަށް އުރީދޫން ބުންޏެވެ.

Ad
rt

އީދު އޮފާތައް:

1. ހިލޭ ޓިކްޓޮކް: އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭ 2 ޖީބީ ހިލޭ ޓިކްޓޮކް ޑޭޓާ ލިބިގެންދާނެއެވެ.

2. ސުޕަރނެޓް ގޭމަރ 100 އެޑް-އޮން: ސުޕަނެޓު މެދުވެރިކޮށް ގޭމް ކުޅޭ ފަރާތްތަކަށް ހާއްސަ ސްޕީޑް ބޫސްޓަރއެއް. 100 އެމްބީޕީއެސް ސްޕީޑް، 3 ގަޑިއިރަށް އެންމެ 50 ރުފިޔާއަށް ލިބޭނެއެވެ. މި އެޑްއޮން އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކޮށްލެވޭނެއެވެ.

3. ވެލިއު ޑެއިލީ ޕެކް – އެއް ދުވަހަށް 125 ޖީބީ ޑޭޓާ: ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ބޭނުންކުރާ ފަރާތްތަކަށްވެސް އިތުރު ޑޭޓާ ބޭނުންވާނަމަ ޑެއިލީ ވެލިއު ޕެކް ނެގޭނެއެވެ. އެގޮތުން 1 ދުވަހަށް 125 ޖީބީ ލިބޭ މި ޕެކް ގެ އަގަކީ 75 ރުފިޔާއެވެ.

4. ވެލިއު ޝެއާ ޕެކް - 100 ޖީބީ: ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ވެލިއުޝެއާ ޕެކަކީ ޖުމްލަ 100 ޖީބީ، އަމިއްލަ ބޭނުންތަކަށް 40 ޖީބީ އަދި ތިމާގެ ދެ މީހަކާ ހިއްސާ ކުރުމަށް 60 ޖީބީ ހިމެނޭ ޕެކެކެވެ. ޝެއާކުރާ ޑޭޓާ ބަހާލެވޭނީ 2 ޕްރީޕެއިޑް ނަންބަރަށް ކޮންމެ މީހަކަށް 30 ޖީބީއެވެ.

5. މަގޭ ޕްލޭނާއެކު ބޯނަސް ޑޭޓާ: މަގޭ ޕްލޭން އެކްޓިވޭޓް ކޮށްލައިގެން 25 އިންސައްތަ ބޯނަސް ޑޭޓާ ލިބިގެންދާނެއެވެ. ބޯނަސް ޑޭޓާ ލިބޭ ޕްލޭން ތަކަކީ މަގޭ 450، މަގޭ 500، މަގޭ 600، އަދި މަގޭ 750އެވެ.

6. އާޗާ ޕްލޭންއަށް އީދު ހަދިޔާ: އާޗާ 600 އަދި އާޗާ ޕްލޭން 750 އެކްޓިވޭޓް ކުރާ ފަރާތްތަކަށް ހާއްސަ އީދުހަދިޔާއެއްގެ ގޮތުގައި އިތުރު 30 ޖީބީ ބޯނަސް ލިބިގެންދާނެއެވެ.

އަޟްޙާ ޢީދު ފާހަގަކުރާއިރު، ކަސްޓަމަރުންނަށް ގުޅިފައި ތިބުމަށާއި، އުފާވެރިކަން ޙިއްޞާކުރުމާއި، ހަލުވި ސްޕީޑްގެ ޑިޖިޓަލް ޚިދުމަތްތައް ތަޖުރިބާކުރުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއީ ޢީދު ފަދަ މުހިންމު މުނާސަބަތުތަކުގައި މިފަދަ ހާއްސަ އޮފާރތައް ކަސްޓަމަރުންނަށް ފަހިކޮށްދިނުމަކީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަަށް އެ ކުންފުނިން ބުންޏެވެ.