އުރީދޫ މޯލްޑިވްސްއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސެމްސަންގް ސްމާޓް ވޮޗަށް އީސިމްގެ ޚިދުމަތް ތަޢާރަފުކޮށްފިއެވެ.
މި އައު ޚިދުމަތާއެކު ކަސްޓަމަރުންނަށް މޮބައިލް ފޯނު ކައިރީގައި ނެތް ވަގުތުތަކުގައިވެސް ސްމާޓް ވޮޗުން ސީދާ ގުޅާލެވޭނެއެވެ.
މި ޚިދުމަތް ލިބޭނީ ރާއްޖޭގައި ބޭނުންކުރެވޭ ސެމްސަންގް ވޮޗް އަލްޓްރާ 7 އެލްޓީއީ ޑިވައިސްތަކަށެވެ. މި އިނޮވޭޓިވް ޓެކްނޮލޮޖީއާއެކު ފޯނު ކޯލް ކުރުމާއި، ޓެކްސްޓް މެސެޖް ފޮނުވުމާއި، މިއުޒިކް ސްޓްރީމް ކުރުމުގެ އިތުރުން އެކި އެޕްލިކޭޝަންތަކާ ގުޅިފައި ތިބުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.
"އާންމު ދިރިއުޅުން ކުރިއަރުވައި، ހަގީގީ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމުގެ ވިސްނުމަށް އެހީތެރިވެދޭ ޒަމާނީ ޓެކްނޮލޮޖީ ތައާރަފްކުރުމަކީ އަޅުގަނޑުމެން ފަޚުރުވެރިވާ ކަމެއް."
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ޚާލިދު އަލް-ހަމާދީ ވިދާޅުވި އެވެ.
ސެމްސަންގް ސްރީލަންކާ އާއި ރާއްޖޭގެ މެނޭޖިން ޑިރެކްޓަރު ސަންގްވާ ސޯންގް ވިދާޅުވެފައިވަނީ، "އުރީދޫ މޯލްޑިވްސްއާއި ގުޅިގެން ސްމާޓްވޮޗްތަކަށް އީސިމްގެ ފަންކްޝަނަލިޓީ ތަޢާރަފްކޮށް، ފޯނު ބޭނުންނުކޮށް، ކޮންމެ ތަނަކަށް ވިޔަސް، ގުޅާލެވިގެން ތިބެވޭނެ މަގު ފަހިކޮށްދިނުމަކީ ވަރަށް ބޮޑު އުފަލެއް" ކަމަށެވެ.
އުރީދޫއިން މި ޚިދުމަތް ތިން މަސް ދުވަހުގެ މުއްދަތަށް ހިލޭ ފޯރުކޮށްދޭނެއެވެ. މި ޕްރޮމޯޝަންގެ މުއްދަތު ހަމަވުމަށްފަހު، މި ޚިދުމަތަށް މަހަކު 199 ރުފިޔާގެ އަގެއް ނެގޭނެއެވެ. މި ޚިދުމަތް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ހުރިހާ ކަސްޓަމަރުންނަށްވެސް ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!