މަގުމަތީ އެކަނި އުޅުނު ދެ އަހަރުގެ ކުޑަ ކުއްޖަކު ފުލުހުންނާއި ހަވާލުކޮށްފިއެވެ.
މިރޭ ނުވަގަޑި ބައި ހާއިރު ބަޔަކަށް ފެނިގެން އެ ކުއްޖާ ގެންގޮސް، ފުލުހުންގެ ފެމިލީ ޗައިލްޑް އެންޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓާއި ހަވާލުކުރީއެވެ.
އޭރު އެކުއްޖާ އެކަނިމާއި އެކަނި ހުރީ މަޖީދީމަގު ސަންފުރަންޓް ޝޯވރޫމް ކައިރީގައި ކަމަށްވެއެވެ.
އެ ކުޑަ އަންހެން ކުއްޖާގެ ޢާއިލާ އަށް އަންގައި އެ ކުއްޖާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިރޭ 10:00 ހާއިރު ފުލުހުން ވަނީ ބުނެފަ އެވެ. އެކަމާ ބެހޭ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ފަހަކަށް އައިސް ގިނަ ޢަދަދަކަށް ފެންމަތިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!