އާރަށް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ހަދަން ސަރުކާރުން ނިންމައިފި އެވެ.

Ad
rt

މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ޕްރެސްކޮންފަރެންސްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، އާރަށް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރުމަށް، ހުށަހެޅުއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަމިއްލަފުޅަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އާރަށް ހުރީ ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި ބޭނުން ކުރެވޭ ވަރުގައި ކަމަށެވެ.

އާރަށަކީ ރައީސުލްޖުމްހޫރިއްޔާގެ ރީޓްރީޓެއްގެ ގޮތުގައި ބޭނުން ކުރާރަށެކެވެ.