އިސްރާއީލުން އަލްއަޤްޞާ މިސްކިތް ތަޅާލުމަށް ގޮވާލުމާއި، ކްރިޝްޓިއަނުންގެ ދީނުގެ މުޤައްދަސް ހޮނިހިރު ދުވަހުގެ އިޙްތިފާލު ފާހަގަކުރުމުގައި ބައިވެރިވި ނަޞާރާއިންނަށް ފުލުހުން އަނިޔާކުރި ކުރުން ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން ކުށްވެރިކޮށްފިއެވެ.

އެމިރޭޓްސްގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްލާމީ އަދި މަސީޙީ މުޤައްދަސް ތަންތަނަށް ފުރިހަމަ ރައްކާތެރިކަން ދިނުމަށާއި، އަލްއަޤްޞާ މިސްކިތަށް ކުރަމުންދާ ނުރައްކާތަކާއި އަދި ރުޅިއަރުވާފަދަ ޢަމަލުތައް ހުއްޓާލުމަށް ގޮވާލާކަމަށެވެ.

Ad
rt

މީގެ އިތުރުން، ބައިނަލްއަޤްވާމީ ޤާނޫނާއި ތާރީޚީ ހައިސިއްޔަތާ އެއްގޮތްވާ ގޮތުގެ މަތިން، ޤުދުސްގެ މުޤައްދަސް ތަންތަނުގެ މައްޗަށް އޮންނަ އުރުދުނުގެ ބެލެނިވެރިކަމަށް އިޙްތިރާމްކުރުމަށާއި، އަލްއަޤްޞާ މިސްކިތުގެ ކަންކަން ބަލަހައްޓާ ޤުދުސް ވަޤުފު އިދާރާގެ އިޚްތިޔާރަށް އުނިކަމެއް ނުގެނައުމަށްވެސް ގޮވާލާފައިވެއެވެ.

ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް އެގައުމުން ގޮވާލާފައިވަނީ، ދެ ދައުލަތުގެ ޙައްލުގެ މައްޗަށް ބިނާވެފައިވާ ޝާމިލު ސުލްޙައެއް ޤާއިމުކުރުމަށްޓަކައި ސިޔާސީ ހައްލެއް ހޯދުމަށް މަސައްކަތްތައް އިތުރުކުރުމަށެވެ. މިކަމުގެ ސަބަބުން ބައިނަލްއަޤްވާމީ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، މިނިވަން އަދި މުސްތަޤިއްލު ދައުލަތެއް ޤާއިމުކުރުމުގެ ފަލަސްޠީނު ރައްޔިތުންގެ އުންމީދުތައް ޙާޞިލުވާނެ ކަމަށް އެމިރޭޓްސްއިން ބުނެފައިވެއެވެ.

ޔޫއޭއިން އިސްރާއީލްގެ މި އަމަލުތައް ކުށްވެރިކޮށްފައިވާއިރު، "ނެކްސްޓް ޔިއަރ އިން ޖެރޫސަލަމް" ގެ ނަމުގައި އޭއައި އިން އުފައްދާފައިވާ ވީޑިއޯއެއް ހަރުކަށި ޢިބްރީ ޕްލެޓްފޯމްތަކުގައި ދައުރުވަމުންދާކަން ފާހަގަކުރެވެއެވެ. މި ވީޑިއޯގައި ދައްކަނީ އަލްއަޤްޞާ މިސްކިތް ތަޅާލުމަށްފަހު، އޭގެ ބަދަލުގައި އެމީހުން ކިޔާ "ތާޑް ޓެމްޕަލް" އެއް ބިނާކުރާ މަންޒަރެވެ.