އަދަދު ނޫހުގެ ސީއީއޯ، ހުސެއިން ފިޔާޒު މޫސާއަށް ގުޅުއްވައި ޑރ. މުހައްމަދު މުއިއްޒު ބިރުދެއްކެވި ކަމަށް ބުނާ މައްސަލާގައި ބިރު ދެއްކެވުމުގެ އިބާރާތެއް ރައީސް ބޭނުން ކުރައްވާފައި ނުވާތީ އެ މައްސަލާގައި ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.
ފިޔާޒުއަށް ރައީސް މުއިއްޒު ފޯނުން ގުޅުއްވައި ރައީސް އިންޒާރު ދެއްވީ އެމްޑީޕީގެ އެއްވުމެއްގައި އެ ޕާޓީގެ މެންބަރަކު ރައީސްގެ އާއިލާ ބޭފުޅަކާ ބެހޭގޮތުން ދެއްކި ވާހަކައާ ގުޅިގެން ކޯފާ އިސްކުރައްވާ ކަމަށް ފިޔާޒް ވިދާޅުވެފައިވެ އެވެ. އެ މައްސަލަ ފުލުހަށް ފިޔާޒް ހުށަހެޅި އެވެ.
ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވަނީ ބިރު ދެއްކުން ނުވަތަ އިންޒާރެއް ކަމަށް ބެލެވޭ އިބާރާތެއް ރައީސް މުއިއްޒު ބޭނުން ކުރައްވާފައި ނުވާތީ އެ މައްސަލާގައި ދައުވާ ކުރެވެން ނެތް ކަމަށް ނިންމާފައިވާ ކަމަށެވެ.
ފިޔާޒުއަށް ބިރުދެއްކި ކަމަށް ބުނާ މައްސަލަ ބަލަން އެމްޑީޕީން ގޮވާލާފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!