ކުރުދީންނާ ތުރުކީގެ ސިފައިންނާ ދެމެދު ހިނގަމުންދާ ދާޚިލީ ހަނގުރާމަ ހުއްޓާލުމަށް ކުރުދީން އެއްބަސްވެއްޖެއެވެ.
ތުރުކީގެ ޖަލުގައި ބަންދުކޮށްފައިވާ ކުރްދިސްތާނު މަސައްކަތްތެރިންގެ ޕާޓީ (ޕީކޭކޭ) ގެ ލީޑަރު އަބްދުﷲ އޮޖަލާން، ބުރާސްފަތި ދުވަހު ގޮވާލައިފައިވަނީ އެޕާޓީގެ ހަތިޔާރު އެޅި ގްރޫޕްގެ ހަތިޔާރުތައް ބަހައްޓާ ސުލުހަ ގާއިމް ކުރުމަށެވެ.
މިއީ 40 އަހަރު ވަންދެން އަންކާރާއާ ދެކޮޅަށް ކުރުދީން ކުރަމުން އައި ހަނގުރާމަ ހުއްޓާލުމަށް ފުރަތަމަ ފަހަރަށް ވީ އެއްބަސްވުން ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ނިންމުމަކީ މުޅި ސަރަޙައްދަރަޙައްދުގެ ސިޔާސީ އަދި ސަލާމަތީ ކަންކަމަށް ބޮޑެތި ބަދަލުތަކެއް ގެނެސްދޭނެ ކަމެއްކަމަށް ގިނަބަޔަކު ލަފާކުރެއެވެ.
ޕީކޭކޭގެ ލީޑަރޝިޕުން އެ ޕާޓީގެ ބާނީގެ މި ގޮވާލުމަށް އިޖާބަދީފިނަމަ، ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާންއަށް ތުރުކީގެ ދެކުނު ސަރަޙައްދުގެ އަމާންކަން ގާޢިމް ކުރުމަށާއި ތަރައްޤީ ކުރުމަށް ތާރީޚީ ފުރުސަތެއް ލިބިގެންދާނެއެވެ. އެ ސަރަޙައްދުގައި ހިނގަމުން އައި އަނިޔާވެރިކަމުގެ އަމަލުތަކުގެ ސަބަބުން އެތައް ހާސް މީހުން މަރުވެ، އަދި އެ ސަރަޙައްދުގެ އިޤްތިޞާދަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
މިހާރު އުމުރުން 75 އަހަރުގެ އޮޖަލާންގެ ހުވަފެނަކީ އެމަނިކުފާނުގެ ދުނިޔޭގެ ހަޔާތުގައި ސުލްޙަ ޤާއިމުވެގެން ދިއުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!