ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް މަދުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މި ބިލަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލެއްގެ ގޮތުގައި ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އަމިއްލަ ހައިސިއްޔަތުން ހުށަހެޅުއްވި ބިލެކެވެ.

Ad
rt

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ބަލައިގަތުމަށްފަހު، މެންދުރުފަހު އެ ބިލު ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުނެވެ. އޭގެ ދެތިން ގަޑިއިރު ފަހުން ބޭއްވުނު ކޮމިޓީގެ ބައްދަލުވުމުގައި، ބިލަށް އެއްވެސް ބަދަލެއް ނުގެނެސް އޮތްގޮތަށް ފާސްކުރިއެވެ.

ކޮމިޓީގައި ހިމެނޭ ޕީއެންސީގެ އަށް މެންބަރުންގެ ތެރެއިން ހަތް މެންބަރުން ބިލު ފާސްކުރުމަށް ވޯޓު ދެއްވިއެވެ. އެހެންނަމަވެސް، ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ބިލު ފާސްކުރުމަށް ވަކި ގޮތަކަށް ވޯޓު ނުދެއްވައެވެ.