ފޯނު ކޯލުތަކުގެ އަޑުގެ ފެންވަރު ނުވަތަ ކޮލިޓީ ރަނގަޅުކޮށްދޭ އައު ފީޗަރެއް އައިފޯނު ގައި ހުންނަކަން އެނގޭހެއްޔެވެ؟
އެޕަލްއިން 2023 ވަނަ އަހަރުގެ ތެރޭގައި ނެރުނު އައިއޯއެސް 16.4 އަޕްޑޭޓާއެކު، "ވޮއިސް އައިސޮލޭޝަން" ނަމަކަށް ކިޔާ މި ފީޗަރގެ ބޭނުން ގިނަބަޔަކަށް އަދި އެހާރަނގަޅަށް ނޭންގިދާނެއެވެ. މި ފީޗަރ މެދުވެރިކޮށް، ފޯނު ކޯލުތަކުގައި އަޑުގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުވާނެއެވެ.
ވޮއިސް އައިސޮލޭޝަން ފީޗަރ އެކްޓިވޭޓްކުރުމުން، ފޯނު ކޯލުގައި ވާހަކަދައްކާއިރު ފަހަތުން އިވޭ އެހެނިހެން އަޑުތައް މަޑުކޮށްދޭނެއެވެ. މިސާލަކަށް ކުޑަކުއްޖަކު ރޯ އަޑު ނުވަތަ ގޭ ކައިރީގައި ކުރެވޭ މަސައްކަތުގެ އަޑު ފަދަ އަޑުތައް ކޯލުގައި ނީވޭނެއެވެ. މިއީ ވިޔަފާރީގެ ކޯލުތަކާއި އަމިއްލަ ކޯލުތަކަށްވެސް ވަރަށް ބޮޑު ފަސޭހައެއް ގެނެސްދޭނެ ކަމެކެވެ.
މި ފީޗަރ އެކްޓިވޭޓްކުރުމަށް، ޖެހޭނީ ކޮންޓްރޯލް ސެންޓަރ ހުޅުވައި، "ފޯނު ކޮންޓްރޯލްސް" އަށް ވަދެ، "ވޮއިސް އައިސޮލޭޝަން" އަށް ފިތާލާށެވެ. މިގޮތަށް އެކްޓިވޭޓްކުރުމުން، ދެން ކުރާ ހުރިހާ ކޯލުތަކެއްގައިވެސް މި ފީޗަރގެ މަސައްކަތް ބަރާބަރަށް ހިނގާނެއެވެ.
އެޕަލްއިން ޑިސެމްބަރު މަހު ނެރުނު އައިއޯއެސް 18.3 އަޕްޑޭޓުގައި ބައެއް ބަގް ފިކްސްތައް ގެނެސްފައިވާއިރު، މި ވޮއިސް އައިސޮލޭޝަން ފީޗަރަކީ އޭގެ ކުރިން ތަޢާރަފުކޮށްފައިވާ ފީޗަރެކެވެ. އައިފޯނު ބޭނުންކުރާ ފަރާތްތަކަށް މި ފީޗަރުގެ ބޭނުން ހިފުމަށް އެޕަލްއިން ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!