ފްރާންސްގެ އެންޓިޓްރަސްޓް އޮތޯރިޓީން މައިކްރޯސޮފްޓްގެ ބިންގ ސާރޗް އިންޖިން ބޭނުންކުރާ ކުދި ވާދަވެރިންނަށް ދެވޭ ޚިދުމަތުގެ ފެންވަރާ ގުޅޭގޮތުން ތަހުގީގެއް ފަށައިފިއެވެ.

މި ތަހުގީގުގައި ބަލަމުންދަނީ ސާރޗް އިންޖިން ސިންޑިކޭޝަންގެ ދާއިރާގައި މައިކްރޯސޮފްޓްއިން ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރަމުންދޭތޯއެވެ. މިގޮތުން، ވާދަވެރި ކުންފުނިތަކުން ބިންގ ބޭނުންކުރުމަށް އެއްބަސްވުން ހަދާފައިވާ ގޮތާމެދު ސުވާލު އުފައްދާފައިވެއެވެ.

Ad
rt

ޕެރިސްގައި ހުންނަ މި އޮތޯރިޓީން ބަލަމުންދާ ގޮތުގައި، ބިންގގެ ސާރޗް ރިޒަލްޓްސް ބޭނުންކުރާ ކުދި ސާރޗް އިންޖިންތަކަށް މައިކްރޯސޮފްޓްއިން ދަނީ ދަށް ފެންވަރުގެ ނަތީޖާތަކެއް ފޯރުކޮށްދެމުންނެވެ. މި ތަހުގީގުގެ ސަބަބުން މައިކްރޯސޮފްޓްއަށް ބޮޑު އަދަދެއްގެ ޖޫރިމަނާއެއް ކުރިމަތިވެދާނެއެވެ.

ޑަކްޑަކްގޯ، ކްވާންޓް އަދި އިކޯސިއާ ފަދަ ޔޫރަޕްގެ އެތައް ކުދި ސާރޗް އިންޖިންތަކެއް ވަނީ ބިންގގެ ސާރޗް ރިޒަލްޓްސްއަށް ބަރޯސާވެފައެވެ. މައިކްރޯސޮފްޓްގެ ފަރާތުން މި މައްސަލައިގައި އޮތޯރިޓީއާ ފުރިހަމައަށް އެއްބާރުލުން ދޭނެކަމަށް ބުނެފައިވެއެވެ.

މީގެ ކުރިން، ފްރާންސްގެ އެންޓިޓްރަސްޓް އޮތޯރިޓީން ގޫގުލްއަށް 250 މިލިއަން ޔޫރޯގެ ޖޫރިމަނާއެއް ކޮށްފައިވެއެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާގައި ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުގެ ހަރަކާތްތަކާމެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.