މި ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންކަން ލަސްވުމުގެ އެންމެ ބޮޑު ސިއްރަކީ ސަރުކާރު ކޯލިޝަންގެ ބައިވެރިން ކަމަށް ވިދާޅުވެ، ކޯލިޝަނާ ހުރެ ސަރުކާރުގެ މަސައްކަތްތައް ހިންގަން ދަތިވާކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް ނަޝީދު ތަކުރާރު ކުރަށްވައިފިއެވެ.

ކ. ގުރައިދޫ އެމްޑީޕީގެ ހަރުގެ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެވެސް ރައީސް، ރައީސް ނަޝީދު ވިދާޅުވީ ސަރުކާރު ކޯލިޝަނަކުން ހިންގަން ޖެހުމުން ވަރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.

Ad
rt

އެމްޑީޕީން އަދި ސަރުކާރުން ރައްޔިތުންނަށް ގެނެސްދޭން ބޭނުންވާ އެތައް މަޝްރޫއުތަކެއް މިއަދުވެސް ހުއްޓިފައިވަނީ ކޯލިޝަންގެ ސަބަބުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ މިއަދުވެސް ބައެއް ވުޒާރާތަކާއި، ކުންފުނިތައް ހިންގުމުގައި ތިބީ އެެހެން ޕާޓީތަކުގެ މެންބަރުން ކަމަށާއި އެކަމުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަށް ވަރަށް ގިނަ ފަހަރަށް ހުއްޓުން އައިސް ހުރަސްތައް ކުރިމަތިވާ ކަމަށެވެ.

ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ފަރާތުން ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް މިމަހު ރާއްޖޭގެ އުތުރަށް ކުރި އުތުރުގެ ދަތުރުގައި ހއ. އިހަވަންދޫ އަށް ވަޑައިގެން އެރަށުގެ އެމްޑީޕީ ސަޕޯޓަރުންނާއި ވާހަކަ ދައްކަވަމުންވެސް އެމޭރުމުން ވާހަކަ ދައްކަވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއް އޮތްނަމަވެސް އެމްޑީޕީގެ މެންބަރުންނަށް އޭގެ ހިތްހަމަޖެހުން ހޯދޭތަން ފެންނަމުންދާ ނުދާ ކަމަށެވެ. އަދި ވިދާޅުވީ އެ ހިތްހަމަ ޖެހުން ނާންނަ ސަބަބަކީ، އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ސަރުކާރު ގެނައުމަށް އެކުލަވާލާފައިވާ ކޯލިޝަނެވެ. ކޯލިޝަނުގެ ސަބަބުން އެމްޑީޕީގެ މެންބަރުންނަށް ހައްގު މިންވަރު ނުލިބޭކަމަށްވެސް އެދުވަހު އެމަނިކުފާނު ވިދާޅުވިއެވެ.

މިހާރު ހިނގަމުންދާ ކޯލިޝަން ސަރުކާރުގައި އެހެން ޕާޓީތަކުގެ ގިނަ ވަޒީރުން ދަނީ ވަރަށްބުރަކޮށް މަސައްކަތްކުރަށްވާ ނަތީޖާ ނެރެދެއްވަން މަސައްކަތް ކުރައްވަމުންނެވެ.

މިހާރު މިއޮތް ސަރުކާރު އުފެދިފައިވަނީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ރައީސް މައުމޫނުގެ އެމްއާރުއެމް ގުޅިގެންނެވެ.

މިސަރުކާރު ގެނައުމަށް ބުރަ މަސައްކަތްތަކެއް ކުރެވެމުން ދިޔައިރު ރައީސް ނަޝިދު ހުންނެވީ ރާއްޖެއިން ބޭރުގައެވެ. މިސަރުކާރުއައީ ހުރިހާ ފިކުރެއް އެއްވެ، އަނިޔާއާއި ކޮރަޕްޝަނައް ނޫނެކޭބުނެ އެތައް ރަށްޔިތުންނެއްވީ ޤުރުބާނީއެއްގެ ނަތީޖާއިންކަމަށް ގިނަ ރައްޔިތުން ދެކެއެވެ.

ޔާމީންގެ ސަރުކާރު ބަލިކޮށް މިސަރުކާރު ގެނައުމަށް އެތައް ސިޔާސީ ލީޑަރުންނަކާއި، އެކި ފަންތީގެ އެކި ގިންތީގެ އެކި ފިކުރުގެ އެތައްބަޔެއް އެތައް ޤުރުބާނީއެއްވަނީ ވެފައިވެއެވެ.