އިލެކްޝަން ކޮމިޝަން (އީސީ)ގެ ދެ މެންބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ވަކިކުރަން ފާސްކުރީ އީސީގެ ނައިބު ރައީސް ޢަލީ ނަޝާތާއި މެންބަރު މުޙައްމަދު އާސިފް އެވެ.
ނަޝާތު ވަކިކުރުމަށް ފާސްކޮށްފައިވަނީ 69 މެންބަރުންގެ ވޯޓުންނެވެ. އަދި މުޙައްމަދު އާސިފް ވަކިކުރުމަށް 68 މެންބަރުން ވޯޓުންނެވެ
މި ދެ މެމްބަރުންގެ އިތުރުން އެ ކޮމިޝަންގެ މެމްބަރު ޑރ. މުޙައްމަދު ޒާހިރު ވަކިކުރަން ހުށަހެޅިނަމަވެސް އޭނާ ވަކިކުރަން ނުފެންނަކަމަށް 70 މެންބަރުން ދެއްވި ވޯޓާއެކު އޭނާގެ މަގާމު ވަނީ ސަލާމަތްވެފައެވެ.
މި ބޭފުޅުން މަގާމުން ވަކިކުރަން ނިންމާފައި ވަނީ އެ ކޮމިޝަންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާ ޚިލާފަށް ބައެއް މެންބަރުން އަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭތީއާއި ކޮމިޝަންގެ މަސްއޫލިއްޔަތުތަކާ ޚިލާފަށް އޭގެ ތެރެއިން ބައެއް މެންބަރުން މަސައްކަތް ކޮށްފައިވާތީ ކުރެވޭ ތުހުމަތުމަތުތަކާއި ގުޅިގެންކަމަށް ބުނެ ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ.
މީގެ އިތުރުން އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމާއި އެ ކޮމިޝަންގެ މެންބަރު ޠާހާ މުޙައްމަދު ވަކިކުރަން ވެސް މަޖިލީހަށް ހުށަހެޅި، ކޮމެޓީން ފާސްވެސް ކުރިއެވެ. ނަމަވެސް ވޯޓުގެ ކުރިން އެ ދެ ބޭފުޅުންވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!