ސިޔާސީ ޕާޓީއެއް އުވާލާތާ ފަސް އަހަރުތެރޭ އެ ޕާޓީއެއްގެ ކުލައާއި ނިޝާން ބޭނުން ނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހުތައް ގެނެސް ފާސްކޮށްފިއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލު މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައި ވަނީ ދިއްދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްލަތީފް މުހައްމަދެވެ. މި ބިލުގައި ވަނީ އެ ގާނޫނަށް ގިނަ އިސްލާހުތަކެއް ހުށަހަޅާފައެވެ.
މިގޮތުން ދައުލަތުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާ އުސޫލަށް ވެސް ވަނީ ބަދަލުގެންނަން ހުށަހަޅާފައެވެ. ސިޔާސީ ޕާޓީތަކަށް އަހަރީ ބަޖެޓުގެ 0.1 ޕަސެންޓް ދިނުމުގެ ބަދަލުގައި ބަޖެޓްގައި ލަފާކުރާ އާމްދަނީގެ 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދަކަށް ދޭ ގޮތަށް ވަނީ ހިމަނާފައެވެ.
މީގެކުތިން ޕާޓީތަކުގެ ގާނޫނާއި ހިލާފުވާ މީހުން ޖޫރިމަނާ ކުރާ އަދަދެއްގެ ގޮތުގައި އޮތީ 50000 ރުފިޔާއާއި 10000 ރުފިޔާއާއި ދެމެދު އަދަދެކެވެ. ނަމަވެސް ހުށަހަޅާފައިވާ އިސްލާހުގައި މި އަދަދު ވަނީ 30000 ރުފިޔާއާއި 75000 ރުފިޔާއާއި ދެމެދަށް ބޮޑުކޮށްފައެވެ.
މީގެ ކުރިން ޕާޓީތައް ޖޫރިމަނާ ކުރެވޭނެ ގޮތެއް ގާނޫނުގައި ހިމަނާފައި ނުވެއެވެ. ނަމަވެސް ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން ގާނޫނާ ހިލާފުވާ މީހާ ނިސްބަތްވި ސިޔާސީ ޕާޓީ 100000 ރުފިޔާއިން އިން ޖޫރިމަނާ ކުރެވޭނެއެވެ.
ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށްފައިވާ ކެންޑިޑޭޓަކު އެހެން ހައިސިއްޔަތަކުން އިންތިހާބުތަކުގައި ވާދަ ނުކުރެވޭނެ ގޮތަށް އޮތް މާއްދާ އުވާލުމަށް ވަނީ އިސްލާހު ހުށަހަޅާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!