މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމް.ޓީ.ސީ.ސީ) އިން ފަށާފައިވާ މަޝްރޫޢުތައް މަޑުޖައްސާލަން ނިންމާފައި ނުވާކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވިޓެއްގައެވެ.

Ad
rt

މިނިސްޓަރ ވިދާޅުވީ، އެމް.ޓީ.ސީ.ސީ އާ ޙަވާލުކޮށްފައިވާ މަޝްރޫޢުތަކުގެ ތެރެއިން ޢަމަލީ މަސައްކަތް ފެށިފައިވާ އެއްވެސް މަޝްރޫޢެއް މަޑުޖައްސާލަން ސަރުކާރުން ނިންމާފައި ނުވާނެ ކަމަށެވެ.

އެހެންނަމަވެސް، މިނިސްޓަރ މުއްޠަލިބް އިތުރަށް ވިދާޅުވީ، ސޮއިކޮށް ޢަމަލީ މަސައްކަތް ނުފެށިވާ މަޝްރޫޢުތައް މިވަގުތަށް ނުފަށައި މަޑުޖައްސާލުމަށް ނިންމާފައިވާ ކަމަށެވެ. އަދި ޢަމަލީ މަސައްކަތް ފެށިފައިވާ މަޝްރޫޢުތައް ނިންމުމަށް އިސްކަން ދިނުމަށް ނިންމާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ނިންމުން ނިންމި މައިގަނޑު ސަބަބަކީ 2024 ގެ ބަޖެޓުގައި މަޝްރޫޢުތައް ކުރިއަށް ގެންދަން ބޭނުންވާ މިންވަރަށް ފައިސާ ހިމަނާފައިނުވުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ނިންމުމުގެ ސަބަބުން ފެށިފައިވާ މަޝްރޫޢުތައް ކުރިއަށްދާނެ ކަމަށާއި، އަލަށް ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް މިވަގުތަށް ފަސްކުރެވޭނެ ކަމަށް މިނިސްޓަރ މުއްޠަލިބް ވިދާޅުވިއެވެ.

މި ނިންމުމަކީ ޤައުމުގެ މާލީ ޙާލަތަށް ރިޢާޔަތްކޮށް ނިންމާފައިވާ ނިންމުމެއް ކަމަށް ގަބޫލުކުރެވެއެވެ. މި ނިންމުމުގެ ސަބަބުން އެމް.ޓީ.ސީ.ސީގެ ފެށިފައިވާ މަޝްރޫޢުތަކަށް އަސަރެއް ނުކުރާނެ ކަމަށް މިނިސްޓަރ އަބްދުﷲ މުއްޠަލިބް ވިދާޅުވެފައިވެއެވެ.