ހާއްސަ އެހީއަށް ބޭނުންވާ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަނީ އުމުރުން 74 އަހަރުގެ، އަބްދުﷲ ހަނީފެވެ. ހަނީފަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓެއްގައި ދިރިއުޅޭ ދިވެއްސެކެވެ. ހަނީފް ގެއްލިފައިވަނީ ރޭ ފަތިހު ފަތިސް ނަމާދަށް ދިއުމަށް ފަހު އަނބުރާ ގެއަށް ނައުމުންނެވެ.

Ad
rt

ހަނީފް ދިރިއުޅެނީ އޭނާގެ ދަރިއަކާއެކުގައި ހިޔާ ޓަވަރުގެ ފްލެޓެއްގައެވެ. ހަނީފް ބެލުމަށް ބިދޭސީއަކު ވެސް އެ ގޭގައި ހުރެއެވެ.

ހަނީފް ފެނިއްޖެނަމަ ފުލުހަށް ނުވަތަށް 7892804 / 7741009 / 7822740 މީގެއިން ނަންބަރަކަށް ގުޅުމަށް އާއިލާގެ ފަރާތުން ވަނީ އެދިފައެވެ.