ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ފިތުރު ޒަކާތް ދެއްކޭނެ ގޮތް އެމް-ފައިސާ މެދުވެރިކޮށް މި ރަމަޟާން މަހުވެސް ވަނީ ހަމަޖެހިފައެވެ.
އުރީދޫގެ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ރެޖިސްޓްރީކުރުމަށްފަހު ފޯނުން ފިތުރު ޒަކާތް ދެއްކޭނެއެވެ.
އެމްފައިސާއިން ޒަކާތް ދެެއްކުމަށް، އުރީދޫ އެޕް ޑައުންލޯޑު ކުރުމަށްފަހު އެމް-ފައިސާ ޓެބް ނަގައި، ފިތުރު ޒަކާތް ބެނާއަށް ފިތާލާށެވެ. އޭގެ ފަހުން ޒަކާތް ދެއްކުމަށް ބޭނުންވާ އަދަދާއި ބާވަތް ޙިޔާރުކޮށް، ޒަކާތް ދައްކަން ބޭނުން ފަރާތުގެ މައުލޫމާތު ފުރާލާނީއެވެ.
ފައިސާ ދެއްކުމަށް އެމްފައިސާ ޙިޔާރުކޮށް ވޮލެޓް ނަމްބަރު ޖަހާލައިގެން، އޯޓީޕީ ލިބުމުން، އޯޓީޕީ ޖެހުމުން އެމްފައިސާ މެދުވެރިކޮށް ޒަކާތް ދެއްކިކަމަށް ރަސީދު ލިބޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.
މިއަހަރުގެ ފިތުރު ޒަކާތް ދެއްކުމަށް ހުޅުވާލެވިފައިވަނ11 ީ މާރިޗު 2024 ވާ ހޯމަ ދުވަހުން ފެށިގެން 6 އެޕްރީލް 2024 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.
އެމް-ފައިސާ މެދުވެރިކޮށް ފިތުރު ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް http://ore.do/zakat މެދުވެރިކޮށް ފައިސާ ދެއްކޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!