އަރޯމާގެ ގިނަ އުފެއްދުންތަކާއި ކުޑަކުދިންގެ ސާމާނު ވިއްކަމުން އަންނަ ކިވާއީގެ އައު އައުޓްލެޓެއް އަންނަ ބުރަމާސްފަތި ދުވަހު ހުޅުވަން ތައްޔާރުވެއްޖެއެވެ.
ކިވާއީގެ މި އައުޓްލެޓް ހުޅުވަނީ މަޖީދީމަގު، ގ. ސިރުމުތުގައެވެ. މި އައުޓްލެޓް ހުޅުވާނީ 28 މާޗުވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގައެވެ.
އައު އައުޓްލެޓް ހުޅުވުމުގެ ގޮތުން ބުރާސްފަތި ދުވަހު ހާއްސަ ޕްރޮމޯޝަނެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެ އައުޓްލެޓުން ވިއްކާ ސާމާނުން 50 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭއިރު ކޮންމެ ވިޔަފާރިއަކާއެކު ހިލޭ ހަދިޔާވެސް ލިބިގެންދާނެއެވެ.

ކިވާއީ އިން ލިބެން ހުންނަ ތަކެތީގެ ތެރޭގައި އަރޯމާގެ އުފެއްދުންތަކާއި ކުޑަކުދިންގެ ސާމާނުގެ އިތުރުން ހޯމް ޑެކޯ ސާމާނާއި ޕާޓީ ޑެކެރޭޝަނަށް ބޭނުންވާ ސާމާނާއި އާޓިފިޝަލް މާ ފަދަ ތަކެތި ލިބެން ހުންނާނެއެވެ.

މަޖީދީމަގު އޭސް ހޯމް ކުރިމަތީގައި ހުޅުވާ މި އައުޓްލެޓް ރޯދަ މަހު ހުޅުވާފައި ހުންނާނީ ހެނދުނު 9:00ން ހަވީރު 5:00 އަދި ރޭގަނޑު 9:00 ން 11:00 އަށެެވެ. އާއްމުކޮށް މި އައުޓްލެޓް ހުޅުވާފައި ހުންނާނީ ހެނދުނު 9:00ން ރޭގަނޑު 10:30 އަށެވެ.
ކިވާއީގެ 3 އައުޓްލެޓެއް މާލޭގައި ހުރެއެވެ. އެއީ މަޖީދީމަގުގެ އިތުރުން މާފަންނު ބިސްބުރު ކައިރީގައާއި ދަނބުރުއްމަގުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!