ބޭންކް އޮފް މޯލްޑިވްސް އިން މާސްޓަކާޑު ބޭނުންކުރައްވާ ކަސްޓަމަރުންނަށް ޕްރޮމޯޝަންއެއް ފަށައިފިއެވެ.
އިއްޔެ ފެށި މި ޕްރޮމޯޝަނުގައި ކޮންމެ ހަފްތާއަކު މާސްޓަކާޑުން މަދުވެގެން 500 ރުފިޔާގެ ވިޔަފާރިކުރާ ކަސްޓަަމަރުންނަށް ބައިވެރިވެވޭނެއެވެ. އަދި ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ އެއް ފަރާތަކަށް އައިފޯން 15 ޕްރޯ އެއް ލިބޭނެއެވެ.
މާސްޓަކާޑު ޑެބިޓް އަދި ކްރެޑިޓް ބޭނުންކުރާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ 18 ޖަނަވަރީ 2024 ގެ ނިޔަލަށެވެ.
ބީއެމްއެލުން އަންނަނީ އެ ބޭންކުގެ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ތަފާތު އެކި ޕްރޮމޯޝަންތައް ކުރިއަށްގެންދަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!