އިސްރާއީލު ރަށްވެހިން ރާއްޖެ އެތެރެވުން ހުއްޓުވުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަން ހުށަހަޅައިފިއެވެ.
މިކަމުގައި އިސްކޮށް މަސައްކަތްކުރާ "ރައިޓް މޫވްމަންޓުން"އިން މިއަދު ބުނީ މި ޕެޓިޝަނަކީ، މިދައުރުގައި މަޖިލީހަށް ހުށަހެޅި އެންމެ ގިނަ ސޮޔާއެކު ހުށަހެޅި ޕެޓިޝަންކަމަށެވެ.
މި ޕެޓިޝަނަކީ "ރައިޓް މޫވްމަންޓުން" އިސްނަގައިގެން ގިނަ އަދަދެއްގެ ކްލަބް ޖަމިއްޔާތަށް ގުޅިގެން، އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ ސަރުކާރުން ފަލަސްތީނު ނައްތާލުމަށް ކުރަމުންގެންދާ ލާއިންސާނީ އަމަލުތަކާއި ފަލަސްތީނުގެ ލޮބުވެތި އަހުންނާއި އުހްތުންނާ ދެކޮޅަށް ހިންގަމުންގެންދާ ލާއިންސާނީ ޢަމަލުތަކާއި ދެކޮޅަށް ދިވެހިން ތިބިކަން ހާމަކުރުމުގެ ގޮތުން އިސްރާއީލުގެ ރަށްވެހިން ރާއްޖެ އެތެރެކުރުން ހުއްޓުވުމަށް އެދި ހުށަހަޅާފައިވާ ޕެޓިޝަނެއް ކަމަށް ވެސް "ރައިޓް މޫވްމަންޓުން"އިން ބުނެއެވެ.
މ ޕެޓިޝަންގައި ސޮއިކުރުން އަދިވެސް ކުރިއަށްދާއިރު، މިއަދު މަޖިލީހަށް ހުށަހަޅާފައި ވަނީ މި ޕެޓިޝަންގައި ސޮއި ކުރި މީހުންގެ ތެރެއިން 1000 ސޮއިއެވެ.
މި ޕެޓިޝަންގައި ސޮއިކުރުން އަންނަ ޑިސެމްބަރު މަހުގެ 15 އާއި ހަމައަށް ސޮއިކުރުން ކުރިޔަށް ގެންދަން ނިންމާފައިވާއިރު، އެހާތަނަށް ލިބޭ ހުރިހާ ސޮޔަކާއެކު ރައީސުލް ޖުމްހޫރިއްޔާއަށް ޕެޓިޝަން ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ވެސް ރައިޓް މޫވްމަންޓުން ބުނެއެވެ.
''މިހާތަނަށް މާލެއިން 10،000 އަށްވުރެން ގިނަ ސޮއެ ވަނީ ލިބިފައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސޮއި ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދޭ'' އެ ހަރަކާތުން ބުނެފައި ވެއެވެ.
"ރައިޓް މޫވްމަންޓުން" އިން ވަނީ މި ޕެޓިޝަންގައި ސޮއި ކުރުމުގެ މަސައްކަތުގައި ރަށްރަށުގައި އިސްނަގައި މިހަރަކާތް އެރަށެއްގައި ހިންގުމަށް ބޭނުންވާ ފަރާތްތަކުން ފޯކަލް ޕޮއިންޓުންގެ ގޮތުގައި ބައިވެރިވުމަށް އެދިފައެވެ. އަދި މިކަމުގައި ރައިޓް މޫވްމަންޓާއެކިީ މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކުން ރައިޓް މޫވްމަންޓް ޕޭޖު މެދުވެރިކޮށް އެކަމަށް އެދެވޭނެ ކަމަށް އެ ހަރަކާތުން ބުނެފަ ވެއެވެ.
މާލޭގައި ކުރުމުގެ ހަރަކާތްތައް ކުރިޔަށްދާ ވަގުތު ރައިޓް މޫވްމަންޓުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް އެކަމުގެ މައުލޫމާތު ހިއްސާކުރަމުން ގެންދާއިރު، މިހާތަނަށް މިޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތުގައި ރައިޓް މޫވްމަންޓަށް އެކި ގޮތްގޮތުން އެހީތެރިކަން ދެއްވާ ހުރިހާ ފަރާތްތަކަށް އެ ހަރަކާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!