ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުވައްޒަފުންނަށް ކެންސަރު ސްކްރީނިން ޕްރޮގްރާމެއް ބާއްވައިފިއެވެ.

ބީއެމްއެލުން އެ ޕްރޮގްރާމް ބާއްވާފައިވަނީ އިއްޔެއެވެ. މި ޕްރޮގްރާމްގެ ތެރެއިން 100 އަށްވުރެ ގިނަ މުވައްޒަފުން ކެންސަރަށް ސްކްރީން ކުރި ކަމަށް ބޫއެމްލުން ބުންޏެވެ.

Ad
rt

މި ޕްރޮގްރާމުގައި ބީއެމްއެލްގެ މުވައްޒަފުން ވަނީ އުރަމަތީގެ ކެންސަރާއި އަނގައިގެ ކެންސަރު އަދި ޕްރޮސްޓޭޓް ކެންސަރަށް ސްކްރީން ކޮށްފައެވެ.

ބީއެމްއެލުން ދަނީ އެ ބޭންކުގެ މުވައްޒަފުންނަށް ގަވާއިދުން ކެންސަރު ސްކްރީން ޕްރޮގްރާމް ބާއްވަމުންނެވެ. އެގޮތުން ބަލިން ރައްކާތެރިވުމަށް ޓެސްޓު ކުރުމާއި ބަލި ޖެހުމުގެ ކުރިން ދެނެގަތުގެ މުހިންމުކަން މުވައްޒަފުންނަށް ކިޔައިދީ ބާރުއަޅަމުންދާ ކަމަށް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލުން ކެންސަރު ސްކްރީނިން ޕްރޮގްރާމް ބާއްވާފައިވަނީ ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އާއެކު ހަދަައިފައިވާ ޕާޓްނާޝިޕެއްގެ ދަށުންނެވެ. އެ ޕާޓްނާޝިޕުގެ ދަށުން މިމަހުގެ ތެރޭގައި ކެންސަރަށް ސްކްރީން ކުރުމާއި ކެންސަރަށް މީހުން ހޭލުންތެރިކުރުމަށް ނ. އަތޮޅުގެ ރަށްތަކުގައި ޕްރޮގްރާމްތަކެއް ހިންގާފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލުން ދަނީ 2016 ވަނަ އަހަރުން ފެށިގެން "ޕިންކް ރިބަން ރަން-ވޯކް" އަށް އެހީތެރިކަން ފޯރުކޮށްދީ، ކެންސަރަށް މީހުން ހޭލުންތެރިކުރުވުމަށާއި ބަލިން ރައްކާތެރިވުމަށް ދުރާލާ ޓެސްޓުކުރުމަށް ބާރުއަޅަމުންނެވެ.