ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު 12 ކައިރީ ބީޗް ސަރަހައްދަށްވާ ގޮތަށް އޮންނަ ހުސްބިމުގައި ހަދާފައިވާ ހަޓުތައް ނެގުމަށް އާބަންކޯއިން އަންގައިފިއެވެ.

އެ ކުންފުނިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ، މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އެ ތަކެތި ނަގާައި ސާފު ކުރަން ޖެހޭނެ ކަމަށެވެ. އެ މުއްދަތަށް އެތަންތަން ނުނަގާ ނަމަ، އާބަންކޯއިން އެތަކެތި ނަގައި އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް ބުންޏެވެ.

Ad
rt

އާބަންކޯއިން އެ ސަރަހައްދު ސާފު ކުރަން ފެށުމަށް ފަހު އެ ސަރަހައްދުގައި ބަހައްޓާފައި ހުރި އެއްވެސް މުދަލަކަށް ލިބޭ ގެއްލުމަކަށް ޒިންމާ ނުވާނެ ކަމަށްވެސް އާބަންކޯއިން ބުންޏެވެ.

މު ސަރަހައްދަކީ ހިޔާޓަވަރުގައި ދިރިއުޅޭ ގިނަ ބަޔަކު އަމިއްލަ ވިޔަފާރިތަކެއް ކުރަމުން އަންނަ ސަރަހައްދެކެވެ. އެގޮތުން ގާދިޔާގެ ހިދުމަތް މި ސަރަހައްދުން ލިބެންހުރެއެވެ.

ހުޅުމާލޭގެ އާއްމު ތަންތަން ބަލަހައްޓަމުންދަނީ އާބަންކޯއިންނެވެ.