އާބަމްކޯގެ ކޯލް ސެންޓަރުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފިއެވެ.
މި ބަދަލު އެ ކުންފުނިން ގެނެސްފައިވަނީ މިދިޔަ އާދީއްތަ ދުވަހުން ފެށިގެންނެވެ. އެގޮތުން މިހާރު ކޯލް ސެންޓަރުގެ ހިދުމަތް ހަފުތާގެ ހަތް ދުވަހު 24 ގަޑިއިރަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިއީ އާބަންކޯއިން ކަސްޓަމަރުންނަށް ލުއިފަސޭހަކޮށް، ހިދުމަތްތައް ކުރިއެރުވުމަށް އެޅިގެންދާ ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
އަރބަންކޯގެ ކޯލް ސެންޓަރުން 24 ގަޑިއިރުގެ ޚިދުމަތް ލިބިގެން ދިއުން. މިއީ ކަސްޓަމަރުންނަށް ލުއިފަސޭހަވެ ޚިދުމަތްތައް ކުރިއެރުވުމަށް އެޅިގެންދާ ފިޔަވަޅެެއް. pic.twitter.com/sKo9BLFqgo
— Urbanco (@hdcmaldives) October 22, 2023
އާބަންކޯ އިން އަބަދުވެސް ދަނީ އެ ކުންފުނީގެ ހިދުމަތްތައް ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭނެހެން ފުޅާކުރަމުންނެވެ.
އެގޮތުން އާބަންކޯއިންވަނީ މިއަހަރު ތެރޭގައި ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ވީހާވެސް ލުއިފަސޭހަގޮތަކަށް އެއްތަނަކުން ފޯރުކޮށް ދިނުމުގެ ބޭނުމުގައި އާބަން ސެންޓަރެއްވެސް ހުޅުވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!