ހުޅުމާލެގައި "އާބަން ގްލައިޑް" ގެ ނަމުގައި އީސްކޫޓާ ތައާރަފްކޮށްފިއެވެ.

އާބަންކޯއިން ތައާރަފު ކޮށްފައިވާ މި ހިދުމަތް އަންނަ އާދިއްތަ ދުވަހުންފެށިގެން އާންމުނަށް ހުޅުވާލާނެއެވެ. މިއީ ތިމާވެއްޓާ ރައްޓެހި މާހައުލެއް ބިނާކޮށް މީހުން ޝައުގުވެރި ކުރުވަނިވި ކަމެއް ކުރުމުގެ ބޭނުމުގައި ތައާރަފުކޮށްފައިވާ ހިދުމަތެކެވެ.

Ad
rt

އީ ސްކޫޓަރު ލިބެން ހުންނާނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ހަދާފައިވާ އާބަން ގްލައިޑް ސެންޓަރުންނެވެ. އެތަނުގައި ވަނީ ހަތަރު އީސްކޫޓަރު ބަހައްޓާފައެވެ.

މިސްކޫޓަރުތައް ދުއްވަން ބޭނުންނާ ފަރާތްތަކުން ޖެހޭނީ "އާބަން ގްލައިޑް" އެޕްލިކޭޝަން އަޅައި ރަޖިސްޓްރީވާށެވެ.

އީ-ސްކޫޓަތައް ޤާއިމްކޮށްފައިވަނީ އެކަމަށް ޚާއްސަކޮށްހަދާފައިވާ ޑޮކިން ސްޓޭޝަންތަކެއްގައެވެ. ބެޓެރިން ދުއްވާ މި ސްކޫޓަރުތައް ޗާޖުކުރާނީވެސް މި ޑޮކިން ސްޓޭޝަންތަކުންނެވެ.

ސްކޫޓަރުތައް ދުއްވުމަށް ވަކި ސަރަހައްދުތަކެއް މަގުތަކުގައި ވަނީ ކަނޑައަޅާފައެވެ. އެގޮތުން އީ ސްކޫޓަރު ދުއްވާނެ ސަރަހައްދު އެނގޭނެހެން މަގުތަކުގައި ނޫކުލައިގެ ރޮގަކުން ވަނީ ފާހަގަކޮށްފައެވެ. އެ ސަރަހައްދުން ބޭރަށް ނިކުމެއްޖެނަމަ އެލާމް އަޅައި، ހުއްޓޭނެއެވެ.

މި ސްކޫޓަރު ދުއްވަމުންދާއިރު މިކަމަށް ހާއްސަ ސެންޓަރަށް މި ސްކޫޓަރުތަކުގެ މޫވްމެންޓް ފެންނާނެކަމަށް އާބަންކޯއިން ބުނެއެވެ.