އެއްފަހަރާ ގިނަ މަސްތަކަށް އުރީދޫ ޕޯސްޓްޕެއިޑް ބިލް ދައްކައިގެން ބޮޑު ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނާއެކު ކަސްޓަމަރުންނަށް ލުއިތަކެއް ލިބޭނެ އެވެ.

އެއްފަހަރާ ގިނަ މަސްތަކަށް އުރީދޫ ޕޯސްޓްޕެއިޑް ބިލް ދައްކާލުމުން ކޮންމެ މަހަކު ބިލް ދައްކަން ނުޖެހުމުގެ ލުއިފަސޭހައިގެ އިތުރުން ބޮޑެތި ޑިސްކައުންޓާއި ބޯނަސް ޑޭޓާ ކަސްޓަމަރުންނަށް ލިބިގެންދެއެވެ. މިފަދަ ފައިދާތައް ދުނިޔޭގައި ކުރިއަރާފައިވާ ކުންފުނިތަކަށާއި ޕްލޭޓްފޯމް ތަކަށް ބަލާލިކަމުގައި ވިޔަސް އެއްފަހަރާ ދިގު މުއްދަތަކަށް ސަބްސްކްރައިބްކުރާ ނުވަތަ ފައިސާ ދައްކާ ކަސްޓަމަރުންނަށް ހާއްސަ ރޭޓްތަކުގެ ލިބެއެވެ.

Ad
rt

އުރީދޫ އާޗާ ޕޯސްޓްޕެއިޑް އަދި ނެޓުހެޔޮ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މިހާރު އެއްފަހަރާ 3 މަހަށް، 6 މަހާއި 12 މަހަށް ނުވަތަ 24 މަސް ދުވަހަށް ޕޯސްޓްޕެއިޑް ބިލް އެއްފަހަރާ ދައްކާލެވޭނެއެވެ. އެގޮތުން، މި ހިދުމަތް ޚިޔާރުކުރާ ކަސްޓަމަރުންނަށް މެދުކެނޑުމެއް ނެތި އިންޓަނެޓް ގެ ޙިދުމަތް ލިބުމުގެ އިތުރުން ބިލުން ބޮޑު ޑިސްކައުންޓެއް ވެސް ލިބިގެންދެއެވެ.

ކަސްޓަމަރުންނަށް ލިބޭ ޑިސްކައުންޓް:
• 3 މަސް ދުވަހަށް ބިލް ދައްކާ ފަރާތްތަކަށް %5 ޑިސްކައުންޓް
• 6 މަސް ދުވަހަށް ބިލް ދައްކާ ފަރާތްތަކަށް %10 ޑިސްކައުންޓް
• 12 މަސް ދުވަހަށް ބިލް ދައްކާ ފަރާތްތަކަށް %15 ޑިސްކައުންޓް
• 24 މަސް ދުވަހަށް ބިލް ދައްކާ ފަރާތްތަކަށް %20 ޑިސްކައުންޓް

މީގެ އިތުރުން މި ޕޭމަންޓް ޕްލޭން ޚިޔާރުކުރާ ކަސްޓަމަރުންނަށް ތިން މަސް ދުވަހަށް ކޮންމެ މަހަކު 18 ޖީބީ ބޯނަސް ޑޭޓާ އާއި އެކު އިންޓަނެޓް ގެ ތަޖުރިބާ އިތުރަށް ފުރިހަމަވެގެންދާނެއެވެ.

އުރީދޫ ޕޯސްޓްޕެއިޑް ޕެކޭޖްތައް http://ore.do/payless މެދުވެރިކޮށް ބަލާލެވޭނެއެވެ.