ށ. ފޮނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މޫސާ ސިރާޖު، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަކިވެއްޖެއެވެ.

މިހާރު ހިނގަމުންދާ ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ އިން އޭނާ ވަކިވެވަޑައިގެންނެވިކަން ހާމަކުރައްވައި ޓްވިޓާގައި ވަނީ އޭނާގެ އިސްތިއުފާގެ ސިޓީ އެއްކަރުދާސް ކުރައްވާފައެވެ.

Ad
rt

އެ ސިޓީގައި ވިދާޅުވެފައިވަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރެއްގެ ގޮތުގައި އިތުރަށް ހުންނަން ބޭނުން ނުވާތީ، އެ ޕާޓީގެ ދަފްތަރުން މިއަދުން ފެށިގެން އުނިކޮށް ދިނުމަށް އެދޭ ކަމަށެވެ.

މޫސާ ސިރާޖަކީ އެމްޑީޕީ ބައިބައިނުވެ އޮތް އިރު، ރައީސް ނަޝީދަށް ތާއީދުކުރެއްވި ބޭފުޅެކެވެ. އެހެންނަމަވެސް ފަހުން އެމްޑީޕީގެ ޕްރައިމަރީގައި އޭނާ ތާއީދު ކުރައްވާފައިވަނީ ރައީސް ސާލިހަށެވެ.

ރައީސް ނަޝީދާއި އީވާގެ އިތުބާރު މައްސަލައިގާ މޫސާ ސިރާޖު، ސޮއި ކުރައްވާފައެއް ނުވެއެވެ.