މާލެ އަތޮޅު މާފުށިން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށް ޝަކުވާ އަށް ހުޅުވައިލައިފިއެވެ.

މާފުށި ކައުންސިލުން ދިވެހިސަރުކާރުގެ ގެޒެޓުގައި ކުރައްވާފައިވާ އިއުލާނެއްގައި ވަނީ އެރަށުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލުމާއި ގުޅިގެން ފޯމު ހުށަހެޅި ފަރާތްތަކުގެތެރެއިން ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް ޢާއްމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ.

Ad
rt

އާންމުކޮށްފައިވާ ލިސްޓާއިމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ، ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 24 އޮގަސްޓް ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން ލިޔުމުން ޝަކުވާ ހުށަހެޅުއްވުމަށް ވަނީ އެދިފައެވެ.

ޝަކުވާ ހުށަހަޅާނީ ރަސްމީ ގަޑީގައި އެ އިދާރާގެ ރިސެޕްޝަނަށް ނުވަތަ info@maafushi.gov.mv އަށް މެއިލްކޮށްގެންނެވެ.